ަބައިނަލްއަގުވާމީ ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގައި ހަރަކާތްތަކެއްްް ކުރިއަށް ގެންގޮސްިފި އެވެ.

ވެލާނާގޭ ގްރައުންޑް ފްލޯގައިި މިއަދު ހެނދުނުން ފެށިގެން މެންދުރު ފަހު 2:00 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި 400 އެއްހާ މީހުން ސްކްރީން ކޮށްފައިވެ އެވެ.

ނަރުހުންގެ ދުވަހުގެ ޕްރޮގްރާމްތަކުގެ ތެރެއިން -- ސަން ފޮޓޯ ފަޔާޒު މޫސާ

މި ހަރަކާތް ކުރިއަށް ގެންދިއުމުގައި އިސްކޮށް އުޅުއްވި އައިޖީއެމްއެޗްގެ ވޯޑް މެނޭޖަރު މައުސޫމާ މިއަދު ސަން އަށް ވިދާޅުވީ، ނަރުހުން ގުޅިގެން ބޭއްވި އެ ހަރަކާތުގައި ބަލިތަކާ ބެހޭ ގޮތުންމައުލޫމާތު ދިނުމާއި ހެލްތް ސްކްރީނިން އެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެެވެ.

ނަރުހުންގެ ދުވަހުގެ ޕްރޮގްރާމްތަކުގެ ތެރެއިން -- ސަން ފޮޓޯ ފަޔާޒު މޫސާ

" ޕްރެޝަރު ބެލުމާއި ބަރުދަން ބެލުމާއި ސަރުބީ ހުންނަވަރު ބެލުމާއި ހަކުރު ބަލައިދިނުން. ވަރަށް ބޮޑު ތަރުހީބެއް ލިބުނު. ވަރަށް ބޮޑު ތަރުހީބެއް ލިބުނު މި އިވެންޓަށް،" މައުސޫމާ ވިދާޅުވި އެވެ.

ނަރުހުންގެ މި އިވެންޓުގައި އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ނަރުހުންނާއި ވިލިނގިލީގައި މަސައްކަތް ކުރާ ނަރުހުންނާއި ސިފައިންގެ އަދި ފުލުހުންގެ އިދާރާގައި މަސައްކަތް ކުރާ ނަރުހުން ވަނީ ބައިވެރިވެފަ އެވެ.