12 May 2015, 13:47
މީގެ ދެ ހަފުތާ ކުރީން ނޭޕާލަށް އައި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްކަކަށް އެހީވުމަށް، މަޝްހޫރު ފްޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ 7 މިލިއަން ޔޯރޯ ނޫނީ 8 މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.
ވޮޝިންގްޓަން ޕޯސްޓުން މިއަދު ބުނީ، ޕޯޗުގީސްގެ މަޝްހޫރު އެތުލީޓް ރޮނާލްޑޯ، 30،ގެ އެ އެހީ ނޭޕާލަށް ދީފައި ވަނީ ކާނާ އާއި ފެނާއި ހައިޖިން ކިޓްސް ފޯރުކޮށްދޭ "ސޭވް ދަ ޗިލްޑްރަން ފަންޑް" މެދުވެރިކޮށް ކަމަށެވެ.
ނޭޕާލަށް ބިންހެލުން އައިތާ، ތިން ދުވަސް ފަހުން 28 އެޕްރީލްގައި ރޮނާލްޑޯ އޭނާގެ ފެސްބްކް ޕޭޖުގައި ޢޭނާގެ ސަޕޯޓަރުންނަށް ގޮވާލާފައި ވަނީ ނޭޕާލަށް އެހީވުމަށެވެ.
މިއީ އިންސާނީ އެހީއަށް ރޮނާލްޑޯ މިހާތަނަށް ދިން އެެންމެ ބޮޑު އެހީ އެވެ. އޭނާ ވަނީ އޭނާގެ ގޯލްޑަން ބޫޓު 2011 ވަނަ އަހަރު 1.5 މިލިއަން ޔޫރޯ އަށް ވިއްކާލުމަށް ފަހު އެ ފައިސާ ގާޒާގެ ކުޑަކުދީންނަށް ވެސް ހަދިޔާކޮށްފަ އެވެ.

ނޭޕާލުގައި ހާލުގައި ޖެހިފައިވާ ބައެއް
ރޮނާލްޑޯއަކީ އެފަދަަ އެހީއެއް ދެވިދާނެ ކުޅުންތެރިއެކެވެ. އޭނާ އަކީ މުޅި ދުނިޔެ އިންވެސް ދެ ވަނަ އަށް ފްޓްބޯޅަ އިން އާމްދަނީ ލިބޭ ކުޅުންތެރިއާ އެވެ. އޭނާގެ އާމްދަނީ 80 މިލިއަން ޑޮލަރަށް އަރަ އެވެ.
އޭނާ އަކީ އެހެން މީހުންނަަށް އެހީވުމަށް ލޯބި ކުރާ މީހެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް އޭނާއަކީ ދެއްކުންތެރިއެއްް ނޫން ކަމަށާއި އޭނާ ނޭޕާލަށް ދިން އެެހީ ވެސް އޭނާގެ ފޭސްބްކް ޕޭޖުގައި ބުނެފައި ނުވާ ކަމަށެވެ.