ނޭޕާލަަށް އަނެއްކާ ވެސް 7.4 މެގްނިޓިއުޑްގެ ބިން ހެލުމެއް އަތުވެއްޖެ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އާ ހަވާލާދީ ރޮއިޓާސް އިން ދެންމެ ބުނީ އެ ބިންހެލުމަކީ 19 ކިލޯ މީޓަރު އަޑިން އައި ބިންހެލުމެއް ކަމަށާއި ބިން ހެލުން އައިސްފައި ވަނީ ނޭޕާލުގެ ހުޅަނގުން 68 ކިލޯ މީޓަރަށް، ނަމަޗޭ ބާޒާރަށް ކަމަށެވެ.

އެ ހާދިސާގައި ބަޔަކަށް ގެއްލުންވި ކަމެއް އަދި ނޭނގެ އެވެ.

ނޭޕާލަށް ބާރުގަދަ ދެ ވަނަ ބިންހެލުމެއް މިއީ ކުރިން، 7.8 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސް 8،000 މީހުން މަރުވެ، 18،000 މީހުންނަށް އަނިޔާވިތާ މަދު ހަފުތާތަކެއް ނުވަނީހެވެ.