އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ އަލީ ވަހީދު ކަމަށެވެ.

އަލީ ވަހީދު މަސައްކަތް ކުރައްވަނީ ގުރުއާނާ ބެހޭ މަރުކަޒުގަ އެވެ. އޭނާ މީގެ ކުރިން ހުންނެވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުގަ އެވެ.

އިސްލާމިކް މިނިސްޓަރު ކަމުގެ މަގާމުން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްތިއުފާ ދެއްވި ފަހުން އެ މިނިސްޓްރީއަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

އެގޮތުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް އިއްޔެ ބޭފުޅަކު ހަމަޖެއްސެވުމުގެ އިތުރުން މިނިސްޓަރު ކަމުގެ މަގާމަށް މިދިޔަ ހަފްތާގައި ޑރ. އަހުމަދު ޒިޔާދު ބާގިރު ވަނީ ހަމަޖައްސަވައިފަ އެވެ.