ވޮލީބޯޅަ އެސޯސިއަޭޝަންގެ މިދިޔަ އަހަރުގެ ކޮންގްރެސް މާދަމާރޭ ނަސަންދުރައިގައި ބާއްވަން ނިންމައިފި އެވެ.

ވޮލީ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހުސެން މުހައްމަދު ވިދާޅުވީ މާދަމާރޭ 9 ޖަހާއިރު ފަށާ ކޮންގްރެސްގައި 15 ކްލަބަކުން ބައިވެރިވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.

"މިދިޔަ އަހަރުގެ މުބާރާތްތަކުގައި ވާދަކުރި 15 ކްލަބަކުން ވަނީ ބައިވެރިވާނެ ކަމުގެ ޔަގީންކަންދީ ފޯމްވެސް ހުށަހަޅާ ބައިވެރިވާނެ ފަރާތެއްގެ ނަންވެސް ދީފައި" ހުސެން ވިދާޅުވިއެވެ.

ހުސެން ވިދާޅުވީ ކޮންގްރެސްގައި މައިގަނޑު ގޮތެއްގައި އޮންނާނީ ދެ ކަމެއް ކަމަށެވެ.

"އެއްކަމަކީ މިިދިޔަ އަހަރުގެ ރިޕޯޓް ފާސްކުރުން. އަނެއް ކަމަކަށް އޮންނާނީ މިއަހަރުގެ ބަޖެޓް ފާސްކުރުން. މިދެކަންތައް އެޖެންޑާކޮށްފައިވާނީ" ހުސެން ވިދާޅުވިއެވެ.

ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން ވަރަށް ގިނަ އެސޯސިއޭޝަންތަކުން އަހަރީ ކޮންގްރެސް މިހާރު އަންނަނީ ބާއްވަމުންނެވެ.