11 May 2015, 18:39
ނޭޕާލަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީވެދިނުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްއިން 1،329،744 ނޭޕާލީސް ރުފީ (200،460 ރުފިޔާ) ނޭޕާލަށް ހަދިޔާކޮށްފި އެވެ.
ދިވެހި ފުލުހުންގެ ފަރާތުން ނޭޕާލަށް އެ ފައިސާ ހަދިޔާ ކުރީ ޕޮލިސް ވެލްފެއާ ކޯޕަރޭޝަން (ޕޮލްކޯ) އާއި
ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްވެކް) އިންނެވެ. ނޭޕާލުގެ ރައްޔިތުންނަށް އެ ފައިސާ ދިނުމަށް ހަވާލުކޮށްފައި ވަނީ ޑޮކްޓަރުންގެ އެސޯސިއޭޝަނަށާއި މޯލްޑިވިއަން ރެޑްކްރެސެންޓަށެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފުލުހުންގެ ފަރާތުން އެ ފައިސާ ޑޮކްޓަރުންގެ އެސޯސިއޭޝަނާއި މޯލްޑިވިއަން ރެޑްކްރެސެންޓާ ހަވާލުކޮށްދެއްވީ ޕޮލިސް ވެލްފެއާ ކޯޕަރޭޝަނާއި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީގެ ބޯޑު މެމްބަރުންނެވެ.