އައިލެންޑް އޭވިއޭޝަނުން ފަތުރުވެރިކަމަށް ޚާއްސަކޮށްގެން "މޯލްޑިވިއަން ހޮލިޑޭސް" ނަމުގައި މެގަޒިން އިން ވަރަށް އަވަހަށް ނެރޭނެ ކަަމަށް އެ ކުންފުނިން ބުނެފިއެވެ.

ކޮންމެ ތިން މަހުން އެއް މަހު ނެރެން ހަަމަޖެހިފައިވާ މި މެގަޒިން ގައި ރާއްޖޭ އާއި ދުނިޔޭގެ މައްޝޫރު މަންޒިލްތަކުގައި ޗުއްޓީ ހޭދަކުރުމަށް ހުރި ފުރުސަތުތަކާއި ބެހޭ މައުލޫމާތު ގެނެސްދޭނެ ކަަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

މި މެގަޒިންގެ މަަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ އައިލެންޑް އޭވިއޭޝަންގެ ޓްރެވަލް ޑިޕާޓްމެންޓް، 'މޯލްޑިވިއަން ހޮލިޑޭސް' ގެ ހެޑް މުހައްމަދު ރިޒްވީ ވިދާޅުވީ އެ މެގަޒިން އިން ކަސްޓަމަރުންނަށް އެމީހުންގެ ޝައުގުވެރިކުރުވާ ކަންތައްތައް ހިމެނޭ އަދި ފަތުުރުވެރިން ދިވެހިންގެ ސަގާފަތާއި ތަރިކަ އަށް ލޯބިކުރުވާ މަޖަލާއި އުފުލުން ފޮޅިގެންވާ ޗުއްޓީ ތަކާއި ބެހޭ މައުލޫމާތު ހިމެނޭނެ ކަމަށެވެ.

މި މެގަޒިންގެ 15000 ކޮޕީ ދުނިޔޭގެ ބޮޑު ތިން އިންޓަނޭޝަނަލް އެއާޕޯޓްގަ އާއި، މޯލްޑިވިއަން ފުލައިޓްތަކުގައި އާއި ބައިނަލް އަގުވާމީ މައުރަޒުތަކުގަ އާއި އަދި ޕާޓުނާ ހޮޓާތަަކުގައި ބެހެއްޓޭނެ ކަަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

މި މެގަޒިންގައި ރާއްޖޭގެ މައްޝޫރު ރިސޯޓްތަކާއި ގެސްޓް ހައުސްތަކާއި ބެހޭ މައުލޫމާތު ހިމެނޭނެ ކަމަށް މޯލްޑިވިއަން ހޮލިޑޭސް އިން ބުނެއެވެ.

"އަޅުގަނޑުމެން އެބަގެންނަށް ފަތުރުވެރިންނަށް ވެސް އަދި ދިވެހިންނަށް ގެސްޓް ހައުސްތަކުގައި ޗުއްތީ ހޭދަކުރުމަށް ހުރި ފުރުސަތުތަކާއި ބެހޭ މައުލޫމާތު" ރިޒްވީ ވިދާޅުވި އެވެ.

މި މެގަޒިން ނެރޭނެ ވަކި ތާރީޚެއް އިއުލާން ނުކުރި ނަމަވެސް ވަަރަށް އަވަހަށް ބާއްވާ ރަސްމިއްޔާތެއްގައި މެގަޒިން ނެރޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

މޯލްޑިވިއަން އިން ދަނީ ރާއްޖޭ އާއި ރާއްޖޭން ބޭރަށް ހަފުތާއަކު 340 ފުލައިޓް ބާއްވަމުންނެވެ.