11 May 2015, 15:37
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބެލުމަށް އެކުލަވައިލި، ހުޅުމާލޭ ކޯޓު ބެންޗުގެ ސައްހަ ކަމާމެދު ސުވާލު އުފައްދައި، ނަޝީދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ލިބިގެން ނުވާ ކަމަށް ހުކުމް ކޮށްފިއެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ ސްޕްރީމު ކޯޓުގެ ނިންމުމަށް އެކުލަވާލާފައިވާ ބެންޗާ މެދު ގޮތް ނިންމުމަކީ ސިވިލް ކޯޓުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމަށް ނުވާތީ އެމައްސަލަ ބެލެން ނެތް ކަމަށެވެ.
ނަޝީދުގެ މައްސަލަ ބެލުމަށް ހުޅުމާލެ ކޯޓުގެ ބެންޗު އެކުލަވާލައި މައްސަލަ ބަލަމުން ދަނިކޮށް ދައުލަތުން ވަނީ އެމައްސަލަ އަނބުރާ ގެންގޮސް އަލުން ކްރިމިނަލް ކޯޓަށް އެމައްސަލަ ހުށަހަޅާފަ އެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ ޓެރަރިޒަމްގެ ދައުވާ ނަޝީދުގެ މައްޗަށް ސާބިތުވާ ކަމަށް ނިންމައި 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.