އައްޑޫ ސިޓީ ހިތަދޫގައި އެކަކު ހިންގަމުން އަންނަ ތިން ފިހަރާއެއްގެ ބިއްލޫރިގަނޑު ތަޅާލައިފި އެވެ.

އެ ތިން ފިހާރައިގެ ވެރިޔާ އަހުމަދު ޖަމާލު މިއަދު ސަން އަށް ވިދާޅުވީ ފިހާރައަށް ގެއްލުންދީފައި ހުރިކަން އެނގުނީ ފަތިސް ނަމާދަށް ދިޔަ ބަޔަކަށް ފެނިގެން އެންގުމުން ކަމަށެވެ.

ޖަމާލް ވިދާޅުވި ގޮތުގައި އެތަނުން އެއް ފިހާރައަކީ ފޮއްޗާއި ފެހުމަށް ބޭނުންކުރާ އެއްޗެހި ވިއްކާ ފިހާރަ އެކެވެ. އަދި އަނެއް ދެ ފިހާރައަކީ ހުޅުވަން ތައްޔާރުކޮށްފައިވާ ނަމަވެސް އަދި މުދާ ނުވައްދައި ހުރި ދެ ފިހާރަ ކަމަށް ޖަމާލް ވިދާޅުވި އެވެ. އަދި މުދާ ހުރި ފިހާރައިން ވެސް ވައްކަން ކޮށްފައިނުވާ ކަމަށް ޖަމާލް ވިދާޅުވި އެވެ.

"މިއީ ވައްކަން ކުރަން ކޮށްފައި ހުރި ކަމެއް ނޫން ކަމަށް ބޮޑަށް ބެލެވެނީ. މިއީ ގެއްލުމެއް ދޭން ކޮށްފައި ހުރި ކަމެއް ކަމަށް ބެލެވެނީ،" ޖަމާލް ވިދާޅުވި އެވެ.

އެކަމާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ