11 May 2015, 16:26
ދިވެހި ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެއްބާރުލުން ދިނުމަށް އެ އޮފީހުން އަންގައިފި އެވެ.
ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުޖުތާޒު ސޮއިކުރައްވައި މިދިޔަ އަންގާރަ ދުވަހު ނެރުނު ދެންނެވުމެއްގައި ބުނެފައި ވަނީ ރައީސް އޮފީހުގެ ކޯޕަރޭޓު ޑިވެލޮޕްމަންޓު ސެކްރެޓޭރިއެޓުގެ ފަރާތުން ސަރުކާރާއި ދައުލަތުގެ އެހެން މުއައްސަސާތައް އަދި ކުންފުނިތަކަށް ރައީސް އޮފީހުގެ ފަރާތުން ގުޅުއްވާ ކަންކަމުގައި އެ އޮފީހަށް އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަންނަވާފައިވާ ކަމަށެވެ.
ރައީސް ޔާމީން ދައުލަތުގެ މުއައްސަސާތަކަށް އެގޮތަށް އަންގަވާފައި މިވަނީ ކީއްވެގެން ކަމެއް އެ ދެންނެވުމުގައި ބުނެފައެއް ނުވެ އެވެ.