11 May 2015, 10:19
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެ ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.
ވަޒީފާއާ ބެހޭ ޓްރައިބުއުނަލްގެ މެންބަރުކަމަށް ރައީސް ޔާމީން މިއަދު އަންޔަންކުރައްވާފައި ވަނީ، ގދ. ތިނަދޫ ޒެނިތު ހުސައިން ފާއިޒް އާއި ހ. ވީސަންގޭ އާއިޝަތު ފިޒްލީ އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ ބޭފުޅުން ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމުގެ ހުވާ ކުރައްވާފައެވެ. އެ ދެ ބޭފުޅުންނަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
ހުވާކުރެއްވުމާ އެކު ރައީސް ޔާމީން ވަނީ އެ ދެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވާފަ އެެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަށް މިދިޔަ އަހަރު ތެރޭގައި ވަނީ ފަސް ބޭފުޅަކު އައްޔަން ކުރައްވާފަ އެވެ.
އެ ޓްރައިބިއުނަލްގެ މިދައުރުގެ ރައީސަކީ އިދުރީސް އިސްމާއީލެވެ. ނައިބު ރައީސް އަކީ އަބްދުﷲ އަލީ އެވެ.