11 May 2015, 10:51
މުއާސަލާތީ ހިދުމަތްދޭ ކުންފުނި ދިރާގުން ކުޑަކުދިންގެ ހިޔާގެ ޓީޗަރުން ޖެހިޖެހިގެން އަށްވަނަ އަހަރަކަށް ސްޕޮންސާ ކޮށްފިއެވެ.
ދިރާގުން ދަނީ 2008 ވަަނަ އަހަރުން ފެށިގެން ކުޑަކުދިންގެ ހިޔާގެ ޓީޗަރުން ސްޕޮންސާ ކޮށް ހިލޭ އިންޓަނެޓް ހިދުމަތް ފޯރުކޮށްދެމުންނެވެ.
ދިރާގުން ސްޕޮންސާކޮށްފައި ވަނީ ކުޑަކުދިންގެ ހިޔާގެ ތިން ޓީޗަރުންނެވެ. 2013 ވަނަ އަހަރު ދިރާގުން ވަނީ ކުޑަކުދިންގެ ހިޔާގައި ލައިބުރަރީ އަކާއި ކޮމްޕިއުޓަރު ލެބެއް ގާއިމުކޮށްދީފައެވެ.
ދިރާގުން ދަނީ ކުޑަކުދިންގެ ހިޔާގައި ކޮންމެ އަހަރަކު އެއް ފަހަރު މެޖިކް ޝޯ އެއްވެސް ބާއްވަމުންނެވެެ.
" ކުޑަކުދިންގެ ހިޔާގެ ޓީޗަރުން ސްޕޮންސާ ކުުރުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް،" ދިރާގުގެ ޗީފް އެގްޒެކްޓިވް އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.
ކުޑަކުދިންގެ ރައްކާތެރި ކަަމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ސްޓްރެޓެޖީއެއް ކަަމަށް ދިރާގުން ބުނެއެވެ.