ކްރިކެޓް ވޯލްޑް ކަޕުގެ މެޗުތައް ކުޅެން އިންޑިޔާގެ ބޯޑަރު ހުރަސް ކުރުމުގެ ހުއްދަ ޕާކިސްތާނުގެ ޓީމަށް ދީފި އެވެ.
މުބާރާތުގެ މެޗުތައް ހަމަޖެހިފައިވާ ގޮތުން ޕާކިސްތާނުގެ ކުއާޓާ ފައިނަލަށް ނުވަތަ ސެމީ ފައިނަލް އަދި ފައިނަލަށް ހޮވިއްޖެނަމަ މެޗު ކުޅެން ޖެހެނީ އިންޑިޔާގެ އަހުމަދު އާބާދުގަ އެވެ.

އިންޑިޔާއިން ޕާކިސްތާނަށް ވިސާ ދިނުން ހުއްޓާލީ 2008 ވަނަ އަހަރު އެ ގައުމުގެ މުމްބާއީގައި ހުންނަ މަޝްހޫރު ތާޖް ހޮޓަލަށް ދިން ޓެރަރިސްޓް ހަމަލާއަކީ ޕާކސްތާނުން ރާވައިގެން ކުރި ކަމެއް ކަމަށް ބުނެ އެވެ. އޭގެ ފަހުން މި ދެ ގައުމުގެ މެޗުތައް ކުޅެން ޖެހިފައިވަނީ ވެސް ނިއުޓްރަލް ދަނޑުތަކުގަ އެވެ.

ޕާކިސްތާނުގެ ޓީމަށާއި ކްރިކެޓް ބޯޑުގެ އޮފިޝަލުންނަށް ވިސާދިނީ އެ ގައުމުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ އިންޑިޔާ ހައިކޮމިޝަނުންނެވެ. ވިސާ ހޯދަން މިހާ ކުރީގައި ބައިގައި ހުށަހެޅީ ވެސް މައްސަލަތަކެއް ދިމާވެދާނެ ކަމަށް ލަފާކޮށްފަ އެވެ.

"އިންޑިޔާ ހައިކޮމިޝަނުން ވިސާދީފި. މީގެ މާނައަކީ މެޗު ކުޅެން އިންޑިޔާ އަށް ދިއުމުގައި އެއްވެސް މައްސަލައެއް ކުރިމަތިނުވުން ކަމަށް އަހަރުމެން ބަލަނީ،" ޕާކިސްތާނުގެ ބޯޑު އޮފިޝަލަކު ބުންޏެވެ.

އިންޑިޔާއިން ޕާކިސްތާނަށް ވިސާނުދޭތީވެ އެ ގައުމުގައި 2009 ވަނަ އަހަރު ބާއްވަން އޮތް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ވެސް އެންމެ ފަހުން ބާއްވަން ޖެހުނީ ބަނގްލަދޭޝްގަ އެވެ.