10 May 2015, 19:25
ޏ. ފުވައްމުލަކުގައި މިއަދު މޫދަށް އެރުނު ޕާކިސްތާނު ޑޮކްޓަރަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސްޓޭޝަން އިންސްޕެކްޓަރު އިސްމާއިލް އަލީ މިރޭ ވިދާޅުވީ އެ މީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު އިރުއޮސުނު ވަގުތު 6:10 ގައި ކަމަށެވެ.
އަންހެނުންނާއެކު މޫދަށް އެރި އުޅެނިކޮށް ޕާކިސްތާނުގެ ޑޮކްޓަރު ގެއްލިފައި ވަނީ ފުވައްމުލަކު މާނެރު ސަރަހައްދަށް ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
ގެއްލިގެން ހޯދާ ޕާކިސްތާން ޑޮކްޓަރަކީ ފުވައްމުލަކު ހޮސްޕިޓަލުގައި މަސައްކަތް ކުރާ އެތެރެހަށީގެ ހާއްސަ ޑޮކްޓަރެކެވެ.
އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ދަނީ ކުރަމުންނެވެ.