26 Feb 2011, 16:17
ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޮސްޓްރޭލިޔާގެ ފާސްޓްބޯލަރު ޑޮގް ބޮލިންގާ ވޯލްޑް ކަޕާ އަލްވަދާއު ކިޔައިފި އެވެ.
ޒިމްބާބުވޭ އާއި ނިއުޒީލޭންޑް އަތުން އޮސްޓްރޭލިޔާ މޮޅުވި އިރު ވެސް އަނިޔާގެ ސަބަބުން ކުޅިބަލަން އިން ކުޅުންތެރިޔާ ޓީމާ ވަކިވި ނަމަވެސް އޭނާގެ ބަދަލުގައި އެއްވެސް ކުޅުންތެރިއަކު ޓީމަށް ނަގާފައެއްނުވެ އެވެ.
އޮސްޓްރޭލިޔާގެ މެޑިކަލް ޓީމުން ބުނީ މުބާރާތަށް އިންޑިޔާ އަށް އައީއްސުރެ ބޮލިންގާގެ ވާތު ކަކުލުގެ ތަދުއައީ ބޮޑުވަމުން ކަމަށެވެ. މީގެ ސަބަބުން އޭނާ އަށް ކުޅުމާ ދުރަށް ދާން ޖެހުނީ ކަމަށެވެ.
ވާތުން ބާރަށް އުކާ ބޮލިންގާ ވަނީ އިންގްލޭންޑާއެކު އޮސްޓްރޭލިޔާ މުބާރާތުގެ ކުރިން ކުޅުނު އެއް ދުވަހުގެ ހަތް މެޗުގެ ތެރެއިން ހަ މެޗުގައި ކުޅެފަ އެވެ. އަދި އިންޑިޔާގެ އައިޕީއެލް ޗެންނާއީ ސުޕަ ކިންގްސް އަށް ކާމިޔާބު ކޮށްދިނުމަށް ކުޅުނު އަށް މެޗުގައ 12 ވިކެޓް ނަގައިފަ އެވެ.