09 May 2015, 17:13
ރާއްޖެއިން ބޭރުން އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް އައި ޕްރައިވެޓް ޖެޓެއް ޖައްސަން އުޅުމުގެ ތެރޭގައި ކަހާލައިފި އެވެ.
މިއަދު ހަވީރު 4:50 އެހާކަންހާއިރު ޖެޓު ކަހާލާފައި ވަނީ ރަންވޭގެ އިރުމަތީފަރާތާ ދިމާލުންނެވެ. އެއީ ކޮން ގައުމަކުން އައި ޖެޓެއް ކަމެއް އަދި ސާފެއް ނުވެއެވެ.
އެއާޕޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ރަންވޭ ބަންދުކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.
އެއާޕޯޓުގެ އޮފިޝަލް ވިދާޅުވީ ޖެޓުގެ ލޭންޑިން ގިޔަރަށް ދިމާވި މައްސަލައިގެ ސަބަބުން ރަންވޭ ބަންދުކޮށްފައިވާތީ ބައެއް ފްލައިޓްތައް ކޮންވެސް ވަރަކަށް ޑިލޭ ވާނެ ކަމަށެވެ.
ރަންވޭ ހުޅުވައި ވީއެންމެ އަވަހަކަށް ޚިދުމަތް ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެއާޕޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.