09 May 2015, 01:29
އިނގިރޭސި ވިލާތުގެ ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގައި ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީން ހޯދި ކާމިޔާބީ އަށް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މަރުހަބާ ދަންނަވައިފިއެވެ.
މިރޭ ކުރެއްވި ޓްވީޓެއްގައި ނައިބު ރައީސް ވަނީ އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު އަދި ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ޑޭވިޑް ކެމަރަން އަށް މަރުހަބާ ވިދާޅުވެފައެވެ.
Congratulations@David_Cameron& the Conservative Party on the impressive victory and leadership.#GE2015pic.twitter.com/XIpa9dI5fI
— Mohamed Jameel Ahmed (@MJameelAhmed)May 8, 2015
އިނގިރޭސި ޕާލަމެންޓަށް 650 މެންބަރުން އިންތިޚާބުކުރުމަށް އިއްޔެ ބޭއްވި އާންމު އިންތިޚާބުގެ ވޯޓުތައް ގުނަމުންދާއިރު މިހާތަނަށް ގުނާފައިވާ ވޯޓުތަކުން ކޮންޒަވެޓިވް ޕާޓީއަށް 331 ގޮނޑި ކާމިޔާބު ކުރެވިފައިވާއިރު އިދިކޮޅު ލޭބާ ޕާޓީއަށް ކާމިޔާބު ކުރެވިފައިވަނީ 232 ގޮނޑިއެވެ. އަދި ލެބެރަލް ޑިމޮކްރެޓިކް ޕާޓީއަށް 8 ގޮނޑި ކާމިޔާބު ކުރެވިފައިވާއިރު ސްކޮޓްލޭންޑްގެ ގައުމީ ޕާޓީއަށް ކާމިޔާބު ކުރެވިފައިވަނީ 56 ގޮނޑިއެވެ. އަދި ޑިމޮކްރެޓިކް ޔުނިޔަން ޕާޓީއަށް 8 ގޮނޑިއެވެ. ބާކީ ގޮނޑިތައް އެހެން ކުދި ޕާޓީތަކަށެވެ.
ގާތްގަނޑަކަށް 64 މިލިޔަން މީހުން ގެ އާބާދީއެއް އޮންނަ އިނގިރޭސިވިލާތުގެ ޕާލަމެންޓް ކަމަށްވާ ހައުސް އޮފް ކޮމަންސަށް 650 މެންބަރުން އިންތިޚާބުކުރުމަށާއި އެގައުމުގެ ލޯކަލް ކައުންސިލްތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބޭއްވި އިންތިޚާބުގެ މިނަތީޖާއަށް ބަލާއިރު ޕާލަމަންޓްގެ އަޣްލަބިއްޔަތު އެއްވެސް ޕާޓީއަކަށް ނުލިބެއެވެ. ނަމަވެސް ލޭބާ ޕާޓީއަށްވަނީ ގިނަ ގޮނޑިތަކެއް ގެއްލިފައެވެ.