ތެލެސީމިއާ ބަލި ރާއްޖެއިން މަދުކޮށް އެކަމަށް މީހުން ހޭލުންތެރި ކުރުވުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށް ހެލްތް މިނިސްޓަރު އަހްމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ތެލެސީމިއާ ކުދިންގެ ދުވަސް ފާހަގަކުރުމަށް މިރޭ ނެޝަނަލް އާޓު ގެލެރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޒުހޫރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ސިއްހީ ދާއިރާއަށް ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ޚާއްސަކޮށް ތެލެސީމިއާ ކުދިންނަށް ޚާއްސަ ސަމާލުކަމެއް ދީގެން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް މިނިސްޓަރު ޒުހޫރު ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ ތެލެސީމިއާ ކުދިންގެ ދުވަސް ފާހަގަކުރުމަށް މިރޭ ނެޝަނަލް އާޓު ގެލެރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ -- ފަޔާޒު މޫސާ

"މިއަހަރު ތެރޭގައި 34 ކުއްޖަކަށް ބޯން މެރޯ ހެދުމުގެ ހުރިހާ ޚަރަދެއް ސަރުކާރުން ވަނީ ދެއްވާފައި،" ޒުހޫރު ވިދާޅުވި އެވެ.

ބައިނަލް އަގުވާމީ ތެލެސީމިއާ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ތެލެސީމިއާ ކުދިންނަށް އެކި ގޮތް ގޮތުން އެހީތެރިކަން ދެއްވި ފަރާތްތަކަށް ވަނީ ހަނދާނީ ފިލާ ހަދިޔާ ކޮށްފައިއެވެ. އެގޮތުން ޓީއައިއެފް އާއި، އެސްޓީއޯ، އިސްލާމިކް ބޭންކް، އިވެންޓް މޯލްޑިވްސް، ދަންމާނު ބޮޑުބެރު، ނޮވެލްޓީ ޕްރިންޓާސްގެ އިތުރުން އިނާ މޯލްޑިވްސް ހޮލިޑޭސްއަށްވެސް ވަނީ ހަނދާނީ ފިލާ ދީފަ އެވެ.

ބައިނަލްއަގުވާމީ ތެލެސީމިއާ ކުދިންގެ ދުވަސް ފާހަގަކުރުމަށް މިރޭ ނެޝަނަލް އާޓު ގެލެރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ -- ފަޔާޒު މޫސާ

ތެލެސީމިއާ ކުދިން އެކުދިންގެ އިހުސާސްތަކާއި ދިރިއުޅުމުގައި އެކުދިން ކުރި ދަތުރު މިރޭގެ ރަސްމިއްޔާތުގައި ވަނީ ހިއްސާކޮށްފަ އެވެ. އަދި ތެލެސީމިއާ ސޮސައިޓީގައި މީގެ ކުރިން ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ އަދި މިހާރު ދުނިޔެދޫކޮށްފައިވާ ދެ ފަރާތެއްގެ ހަނދާނުގައި އެކުދިންގެ އާއިލާއަށް ހަނދާނީ ފިލާ ވެސް މިރޭގެ ރަސްމިއްޔާތުގައި އަރުވާފައިވެ އެވެ.

ބައިނަލްއަގުވާމީ ތެލެސީމިއާ ކުދިންގެ ދުވަސް ފާހަގަކުރުމަށް މިރޭ ނެޝަނަލް އާޓު ގެލެރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ -- ފަޔާޒު މޫސާ