08 May 2015, 18:30
މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ދެ މީހަކު ހޯދަން ފޮޓޯ އާއި ވީޑިއޯ އާންމުކޮށްފި އެވެ.
ފުލުހުން މިއަދު އާންމުކުރި ވީޑިއޯ އިން އެދެ މީހުން ޗާންދަނީމަގު އިސްކަންދަރު ސްކޫލް ސަރަހައްދުގައި ބިންމައްޗަށް ވެއްޓިފައި އޮތް ފުލުހަކަށް ހަމަލާދޭމަންޒަރު ފެނެއެވެ.
އެ ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި އެމީހުންގެ މައުލޫމާތު ހިއްސާ ކުރެއްވުން ފުލުހުން ވަނީ އެދިފައެވެ.
ފުލުސްމީހާއަށް ހަމަލާދިން މައްސަލައާ ގުޅިގެން މިހާތަނަށް ނުވަ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެއެންމެންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.