މާފަތްތަކުރުފާނު މަގުގައި، މާލޭ ދެނަންބަރު ކުނިކޮށިކައިރީ ޕާކްކޮށްފައި އޮތް ކާރެއްގައި ރޯކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ އިރުއޮއްސި 6:18 އެހާކަންހާއިރު ކަމަށެވެ.

މާލޭ ދެނަންބަރު ކުނިކޮށިކައިރީ ޕާކްކޮށްފައި އޮތް ކާރުގައި ރޯކޮށްލާފައި ---- ސަން ފޮޓޯ/ އަހްމަދު މުޖުތަބާ

އެހާދިސާގައި ކާރަށް ކޮންމެވެސް ވަރަކަށް ގެއްލުންވިނަމަވެސް، އެއްވެސް މީހަކަށް އެ ހާދިސާގައި ގެއްލުމެއް ލިބިފައިނުވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ހުޅުޖައި އަންދާލި ކާރަކީ ކޮންމެވެސް ވަރަކަށް ބާވެފައި އޮތް ކާރެކެވެ. އެކާރުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައި ވަނީ އެމްއެންޑީއެފްގެ ފަޔާއެންޑް ރެސްކިއު ސާވިސް އިންނެވެ.

މާލޭ ދެނަންބަރު ކުނިކޮށިކައިރީ ޕާކްކޮށްފައި އޮތް ކާރުގައި ރޯކޮށްލާފައި ---- ސަން ފޮޓޯ/ އަހްމަދު މުޖުތަބާ

މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.