ކުޅިވަރާއި ތައުލީމާއި ސިއްހަތާ ގުޅޭ އެމްއޯޔޫއެއްގައި ޕާކިސްތާނާއެކު ސޮއިކޮށްފި

ރައީސުލް ޖުމްހޫރިއްޔާ އަބުﷲ ޔާމީން އަބުދުލް ގައްޔޫމު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޕާކިސްތާނާއެކު ހަތަރު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

އެމްއޯޔޫގައި ސޮއި ކުރި ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކުޅިވަރުގެ ދާއިރާ އާއި ތައުލީމާއި ސިއްހީ ދާއިރާ އާއި ޑްރަގް ޓްރެފިކް ހުއްޓުވުން ހިމެނެއެވެ.

ރައީސް އަބްދުﷲ ޔާމިނު އަބްދުލް ގައްޔޫމާއި ޕާކިސްތާނުގެ ރައީސް ނަވާޒް ޝަރީފު ދެން ދެއްވި ޕްރެސްކޮންފަރެންސްގައި ރައީސް ޔާމީނު ވިދާޅުވީ ޕާކިސްތާނަކީ ރާއްޖެ އާއި ވަަރަށް ގާތް ގުޅުމެއް ބާއްވާ ގައުމެއް ކަމަށެވެ. އަދި ރާއްޖޭ އަށް ދިމާވި ދަތި ދަނޑިވަޅުތަކުގައި ޚާއްްސަކޮށް ސުނާމީގެ ގެއްލުމުން އަރައިގަތުމަށް ޕާކިސްތާނުގެ އެހީތެރިކަން ލިބިފައިވާ ކަަމަށް ރައީސް ޔާމިން ވިދާޅުވި އެވެ. އަދި މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ނަވާޒް ޝަރީފަަށް ދައުވަތު އެރުވި އެވެ. ނަވާޒް ޝަރީފާއި ރައީސް ޔާމީނު ދެއްވި ޕްރެސްކޮންފަރެންސްގެ ނަވާޒް ޝަރީފު ވިދާޅުވީ ދެ ގަައުމުގެ ދެމެދުގައި ވިޔަފާރި އިތުރު ކުުރުމަށް މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ފަތުރުވެރިކަން ކުރިއެރުވުމަށާއި ދެ ގައުމުގެ ދެމެދުގައި ރައްޔިތުންގެ ގުޅުން ހަރުދަނާ ކުރުމަށް ވެސް މަޝްވަރާކޮށް ނިންމާފައިވާ ކަމަށް ނަވާޒް ވިދާޅުވިއެެވެ.

ސަރަހައްދީ ބައެއް މައްސަލަތަކާއި ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވި ކަަމަށް ނަވާޒް ވިދާޅުވިއެވެ. އަދި ސާކުގައި ދެގައުމުން ގުޅިގެން މަސައްކަތް ކުުރުމަށް ވެސް މަޝްވަރާ ކުރެއްވި ކަމަށް ނަވާޒް ވިދާޅުވި އެވެ. ދިވެހިން ތަމްރީނު ކުރުމުގައި ޕާކިސްތާނުން އެހީތެރިވެދެއްވާނެ ކަަމަށް ވެސް ނަވާޒް ވިދާޅުވިއެވެ. މި ގޮތުން ޑިޕްލަމެޓިކް ދާއިރާ އާއި ބޭންކިން އާއި ފައިނޭންސް ދާއިރާއިން ތަމްރީނު ދެވޭނެ ކަަމަށް ނަވާޒް ވިދާޅުވިއެވެ.

ރައީސް ޔާމީނު ވަނީ އެމަނިކުފާނާއި އެ މަނިކުފާނުގފެ ވަފްދަށް ދެއްވި މެހްމާންދާރީ އަށް ޝުކުރު އަދާކުރައްވާފައެވެ.