އަނިޔާވެރިކަމާ ދެކޮޅަށް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މިދިޔަ ހުކުރު ދުވަހު މާލޭގައި ކުރި މުޒާހަރާގައި އަނިޔާވި ދެ ފުލުހަކަށް އެހީތެރިވުމަށް އާއްމު ފަރާތަކުން 50،000 ރުފިޔާ ހަދިޔާ ކޮށްފި އެވެ.

ފުލުހުން ބުނީ އެ ފައިސާ މިހާރު އެ ދެ ފުލުހުންގެ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

މުޒާހަރާގައި އަނިޔާވި ދެ ފުލުހުން ސްރީލަންކާގައި ފަރުވާ ހޯދަމުން އަންނައިރު އެ ދެ ފުލުހުންގެ ހާލު ވެސް ރަނގަޅު ވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި މިހާތަނަށް ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު އެ އެންމެންގެ ބަންދަށް ވެސް މިހާރު ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.

މޭ މަހުގެ އެއް ވަނަ ދުވަހު މާލޭގައި ކުރި މުޒާހިރާގައި ރައްޔިތުން ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމުގައި ހަރަކާތްތެރިވި ފުލުހުންގެ ތެރެއިން 17 ފުލުހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.