ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ކުލަ ލުމަށް އޭސް ހާޑްވެއާ އިން 100 ލީޓަރުގެ ކުލަ ހަވާލު ކޮށްފި އެވެ.

އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަރު (މ) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން ކުލަ ހަވާލު ކޮށްދެއްވާކފައި ވަނީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހާނީ އެވެ. އަދި ކުޑަ ކުދިންގެ ހިޔާގެ ފަރާތުން އެއާ ހަވާލުވެފައި ވަނީ މެނޭޖަރު އާޔަތުﷲ ޝަކީލެވެ.

އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަރުގައި މިއަދު އޮތް ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހާނީ ވިދާޅުވީ 100 ލީޓަރުގެ ކުލަ ހަވާލު ކުރެވުނީ ކުޑަކުދިންގެ ހިޔާއިން ކުލަލާން ބޭނުން ވެފައިވަނީ ކޮށް ކަމަށެވެ.

ކަލަބޭންކް އާ ގުޅިގެން ހަވާލު ކުރި އެ ކުލަ އަކީ އުމުރު ދުވަހުގެ ވޮރެންޓީ އާއެކު ހަވާލު ކުރެވޭ ކުލަ ކަމަށް ވެސް ހާނީ ވިދާޅުވި އެވެ.

އާޔަތުﷲ ވިދާޅުވީ ކުޑަކުދިންގެ ހިޔާއަކީ ސަރުކާރުން ބޮޑު ހަރަދެއް ކޮށްގެން ހިންގަމުންދާއިރު އަމިއްލަ ފަރާތްތަކުން ވެސް ބޮޑެތި އެހީތެރިކަން ފޯރުކޮށްދިނުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ.