07 May 2015, 11:51
ތިން ވަނަ ފަހަރަށް އާއިލާއަށް ފިލައިގެން އުޅޭ ކުއްޖެއް ހޯދަން ތިން ވަނަ ފަހަރަށް އިއުލާންކޮށްފި އެވެ.
އާއިލާއަށް ފިލައިގެން ހޯދަން އިއުލާންކޮށްފައި ވަނީ ހދ. ނޭކުރެންދޫ، ޝާޒިން، އާމިނަތު އިފާ 16، އެވެ.
ފުލުހުން ބުނީ މިހާތަނަށް އޭނާ ހޯދުމަށް ފުލުހުން ކުރި މަސައްކަތުން އަދިވެސް ފެނިފައިނުވާ ކަމަށެވެ.
ޢާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 8:00 ހާއިރު އާމިނަތު އިފާ މާލޭގައި ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން އަންގާރަ ދުވަހުގެ 5:00 ހާއިރު އާއިލާގެ މެމްބަރަކަށް ފޯނުން ގުޅައި ވާހަކަ ދެއްކިފަހުން ހަބަރެއްވެފައި ނުވާ ކަމަށެވެ.
އާމިނަތު އިފާއަކީ ލޮލުގެ ކުލަ ކަޅު، ހަށިގަނޑު އާދައިގެ ވަރަކަށް ހިކި، ބުރުގާ އަޅައިގެންހުންނަ، އާންމުގޮތެއްގައި ދިގުކޮށް ހެދުން އަޅައިގެން އުޅޭ ކުއްޖެއް ކަމަށް ފުލުހުން ބުނެ އެވެ.
އާމިނަތު އިފާ އަކީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ތެރޭވެސް އާއިލާއަށް ފިލައިގެން ހޯދަން އިއުލާން ކުރި ކުއްޖެކެވެ. އަދި ހަމައެހަރުގެ ޑިސެބްރަު މަހު ވެސް އާއިލާއަށް ފިލައިގެން އިފާ ހޯދަން އިއުލާން ކޮށްފައިވެ އެވެ. އިފާ ހޯދަން ފުލުހުން ކުރި މަސައްކަތުން ބައެއް ފަހަރު ގެސްޓުހައުސްގެ ތެރެއިން ވެސް އެކުއްޖާ ހޯދައި އާއިލާއާ ހަވާލުކޮށްފައި ވެސް އެބަހުއްޓެވެ.