ނ. އަތޮޅު ކައުންސިލްގެ ރައީސަކަށް ޑީއާރުޕީ މަނަދޫ ދާއިރާގެ އަހުމަދު ސުޖާއު ހޮވައިފި އެވެ. ނާއިބު ރައީސަކަށް ހޮވުނީ ވެސް ޑީއާރުޕީ އަލީ ޝަރީފެވެ.

ސުޖާއު އަށް ތިން ވޯޓު އަދި އަލީ ޝަރީފަށް ވެސް ތިން ވޯޓެވެ.

ޅ. އަތޮޅު ކައުންސިލްގެ ރައީސް އިންތިހާބު ކުރުން ތިން ބުރަށް ވޯޓްލައި އެއްވަރުވުމުމުން ހަތަރު ވަނަ ބުރަކަށް ހިނގައްޖެ އެވެ.

ޅ. އަތޮޅު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު ސަން އަށް މައުލޫމާތު ދެއްވަމުން ދާދި ދެންމެ އަކު ވިދާޅުވީ، ކައުންސިލްގެ ރައީސް ހޮވުމުގެ މަސައްކަތް ހަތަރު ވަނަ ބުރަކަށް ދާންޖެހުނީ، ތިން ބުރުގައި ވޯޓު ލައިގެން ވެސް އެއްވަރު ވުމުންނެވެ. ހަ މެންބަރުން ހިމެނިވަޑައިގަންނަވާ ޅ. އަތޮޅު ކައުންސިލަށް ހޮވިވަޑައިގެންފައި ވަނީ، އެމްޑީޕީގެ ތިން މެންބަރުންނާއި، ޑީއާރުޕީގެ ދެ މެންބަރުންގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ.

ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވަނީ، ޅ. ނައިފަރު ދާއިރާ އިން ހޮވިވަޑައިގެންނެވި، ޑީއާރުޕީގެ ދެ މެންބަރުންގެ ތެރެއިން ރިލުވާނު އަލީ އާއި ކުރެންދޫ ދާއިރާ އިން ހޮވިވަޑައިގެންނެވި އެމްޑީޕީގެ މެންބަރު އިބުރާހިމް މުހައްމަދު ކޮއި އެވެ.



14:43 ކ. އަތޮޅު ކައުންސިލްގެ ރައީސަކަށް ތުލުސްދޫ ދާއިރާގެ އަހުމަދު ސައީދު، އަދި ނާއިބު ރައީސަކަށް ތުލުސްދޫ ދާއިރާގެ އިބްރާހީމް ރައޫފު ހޮވައިފި އެވެ. ދެ ބޭފުޅުންނަށް ވެސް ލިބުނީ ހަތަރު ވޯޓެވެ.
އެ ދެ ބޭފުޅުންނަކީ ވެސް ޑީއާރުޕީގެ ބޭފުޅުންނެވެ.

14:36
ށ. އަތޮޅު ކައުންސިލްގެ ރައީސަކަށް ކޮމަންޑޫ ދާއިރާގެ މެންބަރު މޫސާ ފަތުހީ އާދަމް ހޮވައިފި އެވެ. އޭނާ އަށް މެންބަރުންގެ ކައުންސިލްގެ ހުރިހާ މެންބަރުން ވޯޓް ދެއްވި ކަމަށް ފަތުހީ ވިދާޅުވި އެވެ. ނާއިބު ރައީސަކަށް ހޮވުނީ ކަނޑިތީމު ދާއިރާގެ މުހައްމަދު އާރިފެވެ. އޭނާ އަށް ހަ ވޯޓު ލިބުނެވެ.
ފަތުހީ އާއި އާރިފަކީ ވެސް ޑީއާރުޕީގެ ދެ މެންބަރުންނެވެ.


14:10
ފ. އަތޮޅު ކައުންސިލްގެ ރައީސަކަށް އިދުރީސް އަބޫބަކުރު ނާއިބު ރައީސަކަށް އަހްމަދު ހަލީލު އިންތިހާބު ކޮށްފި އެވެ. ހަ ކައުންސެލަރުން ހިމެނޭ ފ. އަތޮޅު ކައުންސިލްގެ ރައީސާއި ނާއިބު ރައީސް އިންތިހާބު ކޮށްފައި ވަނީ ވާދަވެރިކަމެއްނެތި އެވެ. ފ. އަތޮޅު ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ، އެމްޑީޕީގެ ހަތަރު މެންބަރުންނާއި، ޑީއާރުޕީގެ މެންބަރެއްގެ އިތުރުން އަމިއްލަ މެންބަރެކެވެ.
ރައީސާއި ނާއިބު ރައީސުންނަކީ ވެސް އެމްޑީޕީ ބެފުޅުންނެވެ.


1352: ބ. އަތޮޅު ކައުންސިލްގެ ރައީސަކަށް އޭދަފުށީ ދާއިރާގެ އަބޫބަކުރު އަބްދުއްރަހުމާން ހޮވައިފި އެވެ. އޭނާ އަށް ލިބިވަޑައިގަތީ ތިން ވޯޓެވެ.
ނާއިބު ރައީސަކަށް ހޮވިވަޑައިގަތީ ކެންދޫ ދާއިރާގެ އަބްދުއްރަހުމާން އަބްދުﷲ އެވެ. އޭނާ އަށް ވެސް ލިބިވަޑައިގަތީ ތިން ވޯޓެވެ.
ްއަބޫބަކުރަކީ ޑީއާރުޕީ ބޭފުޅެކެވެ. ނާއިބު ރައީސަކީ އެމްޑީޕީ ބޭފުޅެކެވެ.

12:55 އދ. އަތޮޅު ކައުންސިލްގެ ރައީސަކަށް މަހިބަދޫ ކަންމަތީގޭ އިބްރާހީމް އާދަމް ހޮވައިފި އެވެ. ކައުންސިލްގެ ރައީސްގެ ގޮނޑިއަށް ތިން ބޭފުޅަކު ވާދަކުރެއްވި އެވެ. އަދި ފުރަތަމަ ބުރުގައި ދެވޯޓުން ތިން ބޭފުޅުންވީ އެއްވަރެވެ. ނަމަވެސް ދެ ވަނަ ބުރުގައި އިބްރާހީމް އާދަމް ގޮނޑި ކާމިޔާބު ކުރެއްވީ ތިން ވޯޓުންނެވެ.
ނާއިބު ރައީސަކަށް އަހުމަދު އިބްރާހީމެވެ. އޭނާ އަށް ލިބިވަޑައިގަތީ ހަތަރު ވޯޓެވެ. އެ ދެ ބޭފުޅުންނަކީ ވެސް ޖުމްހޫރީ ޕާޓީގެ ބޭފުޅުންނެވެ.


12:45 ދ. އަތޮޅު ކައުންސިލްގެ ރައީސަކަށް ކުޑަހުވަދޫ ދާއިރާގެ އިސްމާއީލު ސައީދު ހޮވައިފި އެވެ. އޭނާ އެ މަގާމު ހޯއްދެވީ މީދޫ ދާއިރާގެ ހަމްދީ އަބްދުﷲ އާ ވާދަކުރައްވައިގެންނެވެ. ފުރަމަތަ ބުރުގައި ދެ ބޭފުޅުންނަށް ވެސް ލިބިވަޑައިގަތީ ތިން ވޯޓެވެ. ދެވަނަ ބުރުގައި އިސްމާއީލު ގޮނޑި ކާމިޔާބު ކުރެއްވީ ފަސް ވޯޓުންނެވެ.
ނާއިބު ރައީސަކަށް ހޮވުނީ މީދޫ ދާއިރާގެ އަބްދުލްގާދިރު މުހައްމަދެވެށޑ