ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް) އިން ބުނެފިއެވެ.

މެޓް އޮފީހުގެ އެސިސްޓެންޓް މީޓިއޮރޯލޮޖިސްޓް އަޒީމާ އަހުމަދު "ސަން"އަށް ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ވައި ޖެހޭނީ ގަޑިއިރަކު ހަތް މޭލާއި 15 މޭލާ ދެމެދަށް ކަމަށެވެ.

ވިލާގަނޑާއެކު 40 މޭލަށް ވައި ގަދަ ވެގެން ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށް އަޒީމާ ވިދާޅުވި އެވެ.ރާއްޖޭގެ ކަނޑުތައް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވެގެން ދާއިރު ވައި ޖެހޭނީ ހުޅަނގު ދެކުނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރުގެ އަތޮޅުތަކާއި މެދުތެރޭގެ އަތޮޅުތަކުން ސަމާލު ވުމަށް މެެޓުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

މޫސުން ގޯވުމާ ގުޅިގެން މޫސުމާ ބެހޭ އިދާރާ އިން އިއްޔެ އިރުއޮއްސުނު އިރު ވަނީ "ވައިޓް އެލާޓް" އެލާޓް އެއް ނެރެފަ އެވެ.