06 May 2015, 12:32
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގައި އިޓަލީގެ ޔުވެންޓަސްއާއި އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންގެ ރެއާލް މެޑްރިޑް ބައްދަލުކުރި މެޗް 2-1 ގެ ނަތީޖާ ޔުވެންޓަސް ކާމިޔާބުކޮށް ފައިނަލާ އެއްފިޔަވަޅު ގާތަށް އެޓީމް ޖެހިލައިފިއެވެ.
ޔުވެންޓަސްގެ ސްޓޭޑިއަމްގައި ކުޅުނު މި މެޗްގައި އެޓީމުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 8 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މިދިޔަ ސީޒަންގައި ރެއާލަށް ކުޅުމަށްފަހު ރެއާލްގެ ފުރަތަމަ 11 އިން ޖާގަ ނުލިބޭތި އެޓީމުން ޔުވެންޓަސްއަށް ވިއްކާލި އަލްވާރޯ މަރޯޓާއެވެ. މިއީ އޭނާ ރެއާލްއާ ދެކޮޅަށް ނިކުތް ފުރަތަމަ ފަހަރެވެ.
ނަމަވެސް ރެއާލް ކޮޅަށް ލަނޑު ޖެހުމަށްފަހުވެސް މަރޯޓާ ފަރާތުން މާބޮޑު އުފާފާޅު ކުރުމެއް ފެނިގެންދިޔަ އެވެ.

އަލްވާރޯ މަރޯޓާ: ރެއާލް ކޮޅަށް ލަނޑު ޖެހުމަށްފަހު އޭނާގެ ފާރތުން މާބޮޑު އުފާފާޅު ކުރުމެއް ފެނިގެން ނުދިޔަ --- ފޮޓޯ/ އޭޕީ
ޔުވެންޓަސްގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ދެ ވަނަ ހާފުގެ 11 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާލޯސް ޓެވޭޒް އެވެ.
އެޕެނަލްޓީއަކީ ރެއާލްގެ ޑިފެންޑާ ޑެނީ ކަރަވަހާލް ރެއާލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ޓެވޭޒްއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

ޓެވޭޒް ޕެނަލްޓީ ކާމިޔާބު ކުރުމުން ޔުވެންޓަސްގެ ކުޅުންތެރިން އުފާ ކުރަނީ --- ފޮޓޯ/ އޭޕީ
މެޗްގައި ރެއާލްގެ ފަރާތުން ފެނިގެންދިޔަ ހަމަ އެކަނި ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓްގައި ކްރިސްތިއަނޯ ރޮނާލްޑޯއެވެ.
މި މެޗުން ޔުވެންޓަސް މޮޅުވުމުން ރެއާލާ އެޓީމްގެ ކުރިމަތިލުންތަކުގެ ނަތީޖާ ވަނީ ހަމަހަމަ ވެފައެވެ. އެގޮތިން މިހާތަށް މިދެ ޓީމް 17 މެޗް ކުޅެފައިވާއިރު ދެ ޓީމު ވެސް މޮޅުވީ އަށް މެޗުންނެވެ.

ރޭ ގެ މެޗްގައި ރޮނާލްޑޯ --- ފޮޓޯ/ އޭޕީ
މި ދެ ޓީމް ބައްދަލު ކުރާ ސެމީ ފައިނަލް ދެ ވަނަ ލެގް މެޗް އަންނަ ބުދަ ދުވަހުގެ ރޭ އޮންނާނީ ރެއާލްގެ ސެންތިއޯގޯ ބެރަނިއު ސްޓޭޑިއަމްގައެވެ.
އެ މުބާރާތުގެ ދެ ވަނަ ސެމީފައިނަލް މެޗްގައި މިރޭ ބައްދަލު ކުރަނީ ބަޔާން މިޔުނިކާ ބާސެލޯނާއެވެ.
ބާސާގެ ކޭމްޕްނޯ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ މެޗް ފެށޭނީ މިރޭ 11:45 ގައެވެ.