06 May 2015, 10:59
ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ މިމަހު 27 ބާއްވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ. މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެ ބޭންކުގެ 32 ވަނަ އަހަރީ އާންމު ޖަލްސާ އޮންނާނީ 27 މެއި ވާ ބުދަ ދުވަހުގެރޭ 9:00 ގައި އިސްލާމިކް މަރުކަޒުގައެވެ.
އަހަރީ އާންމު ޖަލްސާގައި 2014 ވަނަ އަހަރުގެ ހިސާބުތައް ފާސްކުުރުމާއި ހިއްސާގެ ފައިދާ އަށް ބަހާނެ މިންވަރު ފާސްކުުރުމާއި އޮޑިޓަރުންގެ ރިޕޯޓް ފާސްކުުރުން އޮންނާނެއެވެ.
"މި ޖަލްސާގައި ބައިވެރިވެވޭނީ 20 މެއި 2015 ގެ ނިޔަލަށް މި ބޭންކުގެ ހިއްސާދާރުންގެ ދަފުތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ހިއްސާދާރުންނަށް" ކަަމަށް އެ ބޭންކުން ނެރުނު ނޯޓިސް ގައި ވެއެވެ. އަދި ހިއްސާދާރެއްގެ ބަދަލުގައި ޖަލްސާ އަށް ހާޒިރުވާނަމަ ޕްރޮކްސީ ފޯމް ފުރުމަށް ފަހު އަހަރީ ޖަލްސާ ބޭއްވުމުގެ 48 ގަޑި އިރު ކުރިން އެ ބޭންކަށް އަންގަންޖެހޭނެ ކަަމަށް ވެސް އެ ބޭންކުން ބުނެއެވެ.
ހިއްސާއަަކަށް ބެހުމަށް ބޭންކުގެ ބޯޑުން ނިންމާފައި ވަނީ 16 ރ އެވެ. ނަމަވެސް މިއަދު ފާސްކުރަންޖެހޭނީ އަހަރީ ޖަލްސާގައި ހިއްސާދާރުންގެ ވޯޓުންނެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ހިންގުމުގެ ފައިދާ ވަނީ 2014 ވަނަ އަހަރު ފުރަތަމަ ފަހަރަށް އެއް ބިލިއަނަށް އަރާފައެވެ.