Back
Nov 21, 2025 SUN
SUN

LIVEBLOG: MATATO Maldives Travel Awards 2015

LIVEBLOG: MATATO Maldives Travel Awards 2015
Lead photo
LIVEBLOG: MATATO Maldives Travel Awards 2015
LIVEBLOG: MATATO Maldives Travel Awards 2015

Last Updated:
1 decade 7 month ago

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2015

    ބުލޮގު ޚުލާސާ

    މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2015 ދުބާއީގައި ބާއްވާ ޚާއްސަ އެޑިޝަންގެ ލައިވް ކަވަރޭޖަށް މަރުޙަބާ!

    ސަންގެ ކިޔުންތެރީންނާ ހަމަައަށް، މި އެވޯޑުގެ ލައިވް ކަވަރޭޖް ގެނެސްދިނުމަށް ދުބާއީގައި ހަރަކާތްތެރި ވަނީ އަޅުގަނޑުމެންގެ ޖާނަލިސްޓް އަހްމަދު ޝަރުވާން. ސަން.އެމްވީ އަކީ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2015ގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރު.

    ދުބާއީގެ ދުސިޓްތާނީ ހޮޓަލުގައި މިރޭ ކުރިއަށް ދަނީ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ހަތަރުވަނަ އެޑިޝަން. އެގޮތުން މިރޭގެ ރަސްމިއްޔާތުގައި ޖުމްލަ 10 ކެޓަގަރީއަކަށް އެވޯޑް ދޭއިރު، ސްޕެޝަލް ރިކޮގްނިޝަން ދެ އެވޯޑެއް ދޭނެ.

    00:30އަހުމަދު ޝަރުވާންދުބާއީ އިން

    މަޓާޓޯ ޓްރެވެލް އެވޯޑުގެ ދުބާއީގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ބައި ނިމުނީ. މި އެވޯޑުގެ ގްރޭންޑް ފިނާލޭ އޮންނާނީ އަންނަ ސެޕްޓެމްބަރު މަހު ކޯކޯ ބޮޑުހިތީގައި.

    00:19އަހުމަދު ޝަރުވާންދުބާއީ އިން

    މިހާރު ކުރިއަށް ދަނީ ސައުންޑްސް އޮފް މޯލްޑިވްސްގެ ހަރަކާތްތައް، އެ ހަރަކާތްތަކަށް ފަހު ރަސްމިއްޔާތު ނިންމާލާނެ.

    00:15އަހުމަދު ޝަރުވާންދުބާއީ އިން

    ސްޕެޝަލް ރިކޮގްނިޝަން އެވޯޑް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް އަށް ދީފި. އޭނާ އަށް އެވޯޑް ދިނީ ފަތުރުވެރިކަމުގެ ދާއިރާއަށް އާކިޓެކްޗާ އަދި ޑިޒައިނިން ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކޮށްދީފައި ވާތީ.

    ދެން އެ އެވޯޑް ދިނީ ގަސްފިނޮޅު އައިލެންޑް ރިސޯޓަށް. އެ ރިސޯޓަށް އެވޯޑް ލިބުނީ ފުލް ސޯލާ ޕަވާ ބޭނުން ކުރަމުން އަންނަ ރިސޯޓަކަށް ވާތީ

    ސްޕެޝަލް ރިކޮގްނިޝަން އެވޯޑް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް އަށް ހަވާލުކުރައްވަނީ ----- ސަން ފޮޓޯ/ އަހްމަދު ޝަރުވާން
    00:04އަހުމަދު ޝަރުވާންދުބާއީ އިން

    ލީޑިން އިންޓަނޭޝަނަލް ހޮޓެލް/ރިސޯޓު ބްރޭންޑް ގެ އެވޯޑް ލިބުނީ އަނަަންތަރާ ހޮޓެލްސް އެންޑް ރިސޯޓްސް އަށް.

    00:03

    ލީޑިން ޕްރައިވެޓް އައިލެންޑް ގެ އެވޯޑް ހާސިލްކުރީ "ކޮކޯ ޕްރައިވޭޓް ކުޑަހިތި" އިން.

    ލީޑިން ޕްރައިވެޓް އައިލެންޑް ގެ އެވޯޑް ހާސިލްކުރި "ކޮކޯ ޕްރައިވޭޓް ކުޑަހިތި" އަށް އެވޯޑު ހަވާލުކޮށްދެނީ ---- ސަން ފޮޓޯ/ އަހްމަދު ޝަރުވާން
    23:57އަހުމަދު ޝަރުވާންދުބާއީ އިން

    ލީޑިން މީޓިން އެންޑް ކޮންފަރެންސް ރިސޯޓް ގެ އެވޯޑް ބަންޑޮސް މޯލްޑިވްސް އަށް ލިބިއްޖެ

    ލީޑިން މީޓިން އެންޑް ކޮންފަރެންސް ރިސޯޓް ގެ އެވޯޑު ލިބުނު ބަނޑޮސް މޯލްޑިވްސް އަށް އެވޯޑު ހަވާލު ކުރަނީ ---- ސަން ފޮޓޯ/ އަހްމަދު ޝަރުވާން
    23:56އަހުމަދު ޝަރުވާންދުބާއީ އިން

    ލީޑިން އިކޯ ރިސޯޓްގެ އެވޯޑް ހާސިލްކުރީ ސޮނެވާ ފުށި ރިސޯޓުން. އެ އެވޯޑަށް ޖުމްލަ ހަ ފަރާތަކުން ވަނީ ނޮމިނޭޓް ވެފައި. 2013 ވަނަ އަހަރު ވެސް މި އެވޯޑް ހާާސިލްކުރީ މި ރިސޯޓުން.

    ލީޑިން އިކޯ ރިސޯޓްގެ އެވޯޑް ހާސިލްކުރި ސޮނެވާ ފުށި ރިސޯޓަށް އެވޯޑު ހަވާލުކުރަނީ ---- ސަން ފޮޓޯ/ އަހްމަދު ޝަރުވާން
    23:33

    މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2015ގެ ލީޑިން ގެސްޓްހައުސް ގެ އެވޯޑް ލިބުނީ އެރީނާ ބީޗް މޯލްޑިވްސް އަށް.

    ލީޑިން ގެސްޓްހައުސް ގެ އެވޯޑް ލިބުނު އެރީނާ ބީޗް މޯލްޑިވްސް އަށް އެވޯޑު ހަވާލުކުރަނީ ---- ސަން ފޮޓޯ/ އަހްމަދު ޝަރުވާން
    23:32

    ލީޑިން އިންޓަނޭޝަނަލް އެއާލައިން ގެ އެވޯޑް ލިބުނީ ސްރީލަންކަން އެއާލައިން އަށް. އެއެވޯޑަށް ހަތަރު ފަރާތެއް ނޮމިނޭޓްވީ އިރު ސްރީލަންކަން އެއާލައިން އިން އެ އެވޯޑްހާސިލްކުރި މިއީ ހަތަރުވަނަ ފަހަރު.

    ލީޑިން އިންޓަނޭޝަނަލް އެއާލައިން ގެ އެވޯޑް ލިބުނު ސްރީލަންކަން އެއާލައިން އަށް އެވޯޑު ހަވާލުކުރަނީ --- ސަން ފޮޓޯ/ އަހްމަދު ޝަރުވާން
    23:30

    ލީޑިން ލޯކޯސްޓް ކެރިއާ އެވޮޑް ހާސިލްކުރީ "ފްލައި ދުބާއީ" އިން. އެ ފަރާތަށް އެވޯޑް ހަވާލުކޮށްދެއްވީ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސަ

    ލީޑިން ލޯކޯސްޓް ކެރިއާ އެވޮޑް ހާސިލްކުރި "ފްލައި ދުބާއީ" އަށް މަޖިލީހުގެ ނައިބު ރައީސް އެވޯޑު ހަވާލުކޮށްދެއްވަނީ ---- ސަން ފޮޓޯ/ އަހްމަދު ޝަރުވާން
    23:29އަހުމަދު ޝަރުވާންދުބާއީ އިން

    ލީޑިން ހިއުމަން ރިސޯސް މެނޭޖްމަންޓް އެވޯޑް ހާސިލްކުރީ "ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާ" އިން. މިއީ މިފަހަރު އަލަސް އިތުރު ކުރި ކެޓަގަރީ އެއް.

    23:27އަހުމަދު ޝަރުވާންދުބާއީ އިން

    ލީޑިން ޓްރޭވަލް ޓެކްނޮލޮޖީގެ އެވޯޑަށް ވިއުޗުއަލް ހޮވިއްޖެ. އެ އެވޯޑަށް ދެ ފަރާތެއް ނޮމިނޭޓްވީ އިރު މިއީ ވިއުޗުއަލް އިން އެވޯޑް ޖެހިޖެހިގެން ހޯދި ތިންވަނަ ފަހަރު.

    ލީޑިން ޓްރޭވަލް ޓެކްނޮލޮޖީގެ އެވޯޑު ލިބުނު ވިއުޗުއަލް އަށް އެވޯޑު ހަވާލުކުރަނީ ---- ސަން ފޮޓޯ/ އަހްމަދު ޝަރުވާން
    22:56އަހުމަދު ޝަރުވާންދުބާއީ އިން

    މިހާރު ކުރިއަށްދަނީ ސްޕޮންސަރުންނަށް ހަނދާނީ ލިޔުން ހަވާލުކުރުން.

    ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ

    *މެއިން ސްޕޮންސާ، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)

    * ކޯ ސްޕޮންސާ، އެލައިޑް އިންޝުއަރެންސް

    *ކޯ ސްޕޮންސާ، ފްލައިމީ

    * އެސޯސިއޭޓް ސްޕޮންސާ، އެސްޓީއޯ

    *ކޯ ސްޕޮންސާ، ދަ ހޯކްސް

    ދަ ހޯކްސް އަށް ހަނދާނީ ލިޔުންދެނީ --- ސަން ފޮޓޯ/ އަހްމަދު ޝަރުވާން
    އެސްޓީއޯ އަށް ހަނދާނީ ލިޔުންދެނީ --- ސަން ފޮޓޯ/ އަހްމަދު ޝަރުވާން
    ފްލައިމީ އަށް ހަނދާނީ ލިޔުންދެނީ --- ސަން ފޮޓޯ/ އަހްމަދު ޝަރުވާން
    އެލައިޑް އިންޝުއަރެންސް އަށް ހަނދާނީ ލިޔުންދެނީ --- ސަން ފޮޓޯ/ އަހްމަދު ޝަރުވާން
    22:39އަހުމަދު ޝަރުވާންދުބާއީ އިން

    އެވޯޑް ދިނުމުގެ ރަސްމިއްޔާތަށްފަހު ފެނިގެންދާނީ ސައުންޑްސް އޮފް މޯލްޑިވްސް (އެސްއޯއެމް) ގެ ހާއްސަ ހަރަކާތްތަކެއް. އޭގެ ތެރޭގައި ފަސީ، އުނޫޝާ، ނޮތުނެގަލް އަދި ފުރަދަން ބޮޑުބެރު ހިމެނޭ.

    21:38އަހުމަދު ޝަރުވާންދުބާއީ އިން

    މިހާރު ކުރިއަށް ދަނީ މަޓާޓޯ ގެ ރައީސް އަބްދުﷲ ގިޔާސްގެ ވާހަކަފުޅުދެއްކެވުން. އޭނާގެ ވާހަކަފުޅު ކުރިއަށްދާއިރު މަޓާޓޯގެ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިދެއްވާ

    މަޓާޓޯގެ ރައީސް ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ އަހްމަދު ޝަރުވާން
    21:18އަހުމަދު ޝަރުވާންދުބާއީ އިން

    މިހާރު ކުރިއަށްދަނީ ރޭގަނޑުގެ ފަރިއްކޮޅު. ފަރިއްކޮޅަށްފަހު އެވޯޑު ދިނުން ކުރިއަށްދާނެ. އެވޯޑު ދިނުމުގެ ރަސްމިއްޔާތު ހުށަހަޅައިދެނީ ރާއްޖޭގެ މަޝްހޫރު ޕްރެޒެންޓަރު މަރިޔަމް ވަހީދާ.

    21:11އަހުމަދު ޝަރުވާންދުބާއީ އިން

    މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނަކީ ރާއްޖޭގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ. މިރޭގެ ރަސްމިއްޔާތުގައި ދުބާއީގެ އެކިއެކި އިންވެސްޓަރުންގެ އިތުރުން ހޮޓެލިއާސް ބައިވެރިވޭ.

    ދުބާއީގައި ބާއްވާ މަޓޯޓޯ ޓްރޭވަލް އެވޯޑްސްގެ ހާއްސަ އެޑިޝަންގެ ތެރެއިން ------- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

    ތަންތީގައި އެއްބަސް

    މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

    Back to feed

    Browse topics