ހއ. ވަށަފަރު ސްކޫލުގެ ދަރިވަރުންތަކެއް "އެލާޖިކް"ވެއްޖެ އެވެ.

ވަށަފަރު ކައުންސިލް ރައީސް މުހައްމަދު ވަހީދު ވިދާޅުވީ ފުލުހުން އެ ރަށުގައި ބޭއްވި ކޭމްޕެއްގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 17 ކުއްޖަކު "އެލާޖިކް"ވެފައިވާ ކަމަށެވެ.

ނަމަވެސް އެ ދަރިވަރުންނަށް އެލާޖިކްވީ ކެއި އެއްޗެއްގެ ސަބަބުން ކަމެއް ނޭނގޭ ކަމަށެވެ.

ވަށަފަރު ކުދިންނަށް ފަރުވާދެނީ-- ސަން ފޮޓޯ

"އެއްގޮތަކަށް ވެސް ވެގެން އުޅޭ ގޮތެއް ނޭންގެ. މިހާރު ސުޓޭބަލް ހުރިހާ ކުދިންވެސް. ހުރީ ކުދި ކުދި ބިހިނަގާފައި. ކަހާ ހިރުވާ ގޮތް މެދުވެރިވޭ،" ވަހީދު ވިދާޅުވި އެވެ.

ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުގެ ޓީމެއް ވަށަފަރަށް ގޮސް އެ ކުދިންނަށް ދަނީ ފަރުވާދެމުންނެވެ.

ހއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ހެލްތް ސާވިސް މުހައްމަދު ހަސަން، "ސަން"އަށް ވިދާޅުވީ އެ ކޭމްޕުގައި ބައިވެރިވި ހުރިހާ ދަރިވަރުންގެ ސިއްހީ ހާލަތު ޑޮކްޓަރު ބައްލަވާފައިވާ ކަމަށެވެ. އެ ކުދިންގެ ހާލު ރަނގަޅު ކަމަށް ވެސް މުހައްމަދު ހަސަން ވިދާޅުވި އެވެ.

އެކުދިންނަށް ދިމާވެފައިވާ މައްސަލައަކީ އެލާޗިކެއް ކަމަށާއި ލަފާ ކުރެވެނީ ސުއިޕެއް ހަފައިގެން ދިމާވި މައްސަލައެއް ކަމަށް މުހައްމަދު ހަސަން ވިދާޅުވި އެވެ.