05 May 2015, 13:23
އިނގިރޭސި ވިލާތުގެ ޕްރިންސް ވިލިއަމް އާއި ކޭޓް މިޑްލްޓަންގެ ދެވަނަ ދަރިކަނބަލުންގެ ނަމަކަށް ޝާލްޓް އެލިޒަބަތު ޑަޔާނާ ކިޔައިފިއެވެ.
ހޮނިހިރު ދުވަހު އުފަންވި ދަރިކަނބަލުންގެ ނަން އިއުލާންކޮށްފައި މިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ޕްރިންސަސް ކޭޓް ދަރިކަނބަލުން އުފަންވެވަޑައިގެންފައި ވަނީ ފުރަތަމަ ދަރިކަލުން ވެސް އުފަންވެވަޑައިގެންނެވި ލަންޑަންގެ ސެއިންޓް މޭރީ ހޮސްޕިޓަލުގަ އެވެ. ވިލިއަމް އާއި ކޭޓަށް ދެވަނަ ދަރިކަނބަލަކު ލިބި ވަޑައިގެންނެވިއިރު ފުރަތަމަ ދަރިކަލުން ޖޯޖް އަށް އަދި ވީ އެންމެ ދޮޅުއަހަރެވެ.

ރަސްކަމުގެ ތަހުތަށް ކާފަ ޕްރިންސް ޗާލްސް އާއި ބައްޕަ ވިލިއަމް އަދި ބޭބެ ޖޯޖް އަށް ފަހު ދެން އަންނާނީ ޝާލްޓް އެލިޒަބަތު ޑަޔާނާއެވެ.
ވިލިއަމް އާއި ކޭޓް ކައިވެނި ބައްލަވައިގެންފައި ވަނީ 2011 ވަނަ އަހަރުއެވެ. އެ ހިސާބުން ފެށިގެން އިނގިރޭސި ވިލާތާއި މުޅި ދުނިޔޭގެ ސަމާލުކަން އެ ދެ ކަނބަލުންނަށް އަންނަނީ ލިބެމުންނެވެ.