ހއ. މުރައިދޫ އަތިރިމަތިން ވެލި ނަގަން އުޅުނު ބަޔަކަށް މިނި ކަށިތަކެއް ފެނިއްޖެ އެވެ. އެ ކަށިތައް ފެނިފައި ވަނީ މުރައިދޫ މިސްކިތް މަގުގެ އަތިރިމަތީ ސަރަހައްދުންނެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން މުރައިދޫ ކައުންސިލްގެ ނައިބު ރައީސް ފަރުހަތު ސަމީރު ވިދާޅުވީ މިއަދު ގާތްގަނޑަކަށް 9:30 އެހާކަށް ހާއިރު އެ ރަށު އަތިރިމަތީ ސަރަހައްދުން ކަށިތައް ފެނިފައި ވަނީ ވެލި ނަގަން ގޮސް އުޅުނު ތިން މީހަކަށް ކަަމަށެވެ.

މުރައިދޫ އިން ފެނުނު ކަށިތައް: އެ ކަށިތައް ފެނިފައި ވަނީ ވެލި ނަގަން ގޮސް އުޅުން ތިން މީހަކަށް--- ސަން ފޮޓޯ: މަރިޔަމް ހާނީ

"މިއަދު ގާތްގަނޑަކަށް 9:30 އެހާކަށް ހާއިރު މިސްކިތް މަގު އަތިރިމަތީ ސަރަހައްދުން އެ ކަށިތައް ފެނިފައި ވަނީ. ރަށުގެ ތިން މީހަކު ވެލި ނަގަން ގޮސް އުޅެފައި ހިޔަލަށް ގޮސް މަޑުކޮށްލި އިރަށް އެތަނުން ފެނުނީ މީހެއްގެ ދަތްތަކެއް،" ފަރުހަތު ވިދާޅުވިއެވެ.

މުރައިދޫ އިން ފެނުނު ކަށިތައް: އެ ކަށިތައް ފެނިފައި ވަނީ ވެލި ނަގަން ގޮސް އުޅުން ތިން މީހަކަށް--- ސަން ފޮޓޯ: މަރިޔަމް ހާނީ

އެ ކަށިތައް ހުރިތަން ކޮނެ ބެލި އިރު އިންސާނެއްގެ ގައިގައި ހުރި ހުރިހާ ކަށިތަކެއް ހަމައަށް ހުރި ކަމަށާއި އިތުރު މީހުންގެ ކަށިތަކެއް ވެސް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިންސާނާގެ ކަށިތައް ނެގި ހިސާބުގެ ދެ އަރިމަތިން ނަގާފައިވާ ކަށިތަކަކީ އެކަކަށް ވުރެ ގިނަ މީހުންގެ ކަށިތަކެއް ކަމަށެވެ.

މުރައިދޫ އިން ފެނުނު ކަށިތައް: އެ ކަށިތައް ފެނިފައި ވަނީ ވެލި ނަގަން ގޮސް އުޅުން ތިން މީހަކަށް--- ސަން ފޮޓޯ: މަރިޔަމް ހާނީ

އޭނާ ވިދާޅުވީ އެ އަތޮޅު ދިއްދޫގެ ފުލުހުން އައިސް އެސަރަހައްދުގައި މަސައްކަތް ކުރަމުންދާއިރު އެކަންތައް އިތުރަށް ބަލަމުން ދާ ކަމަށެވެ.