05 May 2015, 07:43
ޕަޕުއާ ނިއުގިނީ އަށް ރެކްޓާ މިންގަނޑުން 7.4 ބާރުމިނުގެ ބިންހެލުމެއް އައިސް، ސުނާމީއެއްގެ އިންޒާރުދީފި އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއާ ހަވާލާދީ ރޮއިޓާސް އިން ދެންމެ ބުނީ ބިންހެލުން އައި ސަރަހައްދުން 300 ކިލޯ މީޓަރުގެ ސަރަހައްދަކަށް ސުނާމީގެ އިންޒާރުދީފައިވާ ކަމަށެވެ.
ދަ ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ވެސް ވަނީ އިންޒާރުދީފަ އެެވެ. ނަމަވެސް ބުނީ މާ ބޮޑު ގެއްލުންތަކެއް ވާނެ ކަމަށް ނުބެލެވޭ ކަމަށް އެ ސެންޓަރުން ބުންޏެވެ.
އެ ބިންހެލުން އައީ 63 ކިލޯ މީޓަރު (40 މޭލު) އަޑިންނެވެ. ރޮއިޓާސް އާ ވާހަކަ ދެެއްކި ޕަޕުއާ ނިއުގިނީ މީހަކު ބުނީ ބިންހެލުމުގެ އަސަރު ވަރަށް ބޮޑަށް ކުރި ކަމަށާއި އަދި ސުވިމިންގް ޕޫލުގެ ފެންތައް ބުރައިގެން ދިޔަ ކަމަށާއި ނަމަވެސް އެއްވެސް ކަހަލަ އިންޒާރެއްގެ ނިޝާން އަދި ފެންނަން ނެތް ކަމަށެވެ.