04 May 2015, 14:53
ކުޑަ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ގއ. ނިލަންދޫއިިން ޒުވާން ފިރިހެނަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކާމެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 22 އަހަރުގެ ފިރިހެނަކު ކަމަށެވެ. އެރަށު ޕޮލިސް ސްޓޭޝަނަށް ހުށަހެޅި އެ މައްސަލައާ ގުޅިގެން 22 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހަވީރު 4:00 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.
އެމައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާ އަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ. އޭނާގެ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.