04 May 2015, 13:15
ސަރުކާރާއި ރައްޔިތުން ހިސާވާ ވިޔަފާރި ކުންފުނި، ސުޓޭޓް ޓުރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިއަހަރުގެ ފުރަތަމަ ކުއާޓާގައި ފައިދާގެ ގޮތުގައި 77.5 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެކުންފުއްޏަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 136 މިލިއަން ރުފިޔާއެވެ.
އެސްޓީއޯއިން އާންމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓާގެ ތަފާސް ހިސާބްތައް ދައްކާގޮތުން އެކުންފުއްޏަށް މިއަހަރުގެ ފުރަތަމަ ކުއާޓާގައި 1.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 117 މިލިއަން ރުފިޔާ ލިބިފައެވެ.
ޓެކްސް އަށް ކެނޑުމުގެ ކުރިން އެކުންފުންޏަށް ފައިދާގެ ގޮތުގައި 92 މިލިއަން ރުފިޔާ ލިބިފައިވާއިރު ޓެކްސްއަށް ކެނޑުމަށްފަހު ސާފް ފައިދާގެ ގޮތުގައި ލިބިފައިވަނީ 77 މިލިއަން ރުފިޔާއެވެ.
އެގޮތުން ހިއްސާއަކަށް 68.76 ރުފިޔާ ޖެހެއެވެ.