04 May 2015, 13:14
އޭޝިއަން އަންހެން ވޮލީ ބޯލް 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ ވަނަ މެޗްގައި ޗައިނީޒް ޓައިޕޭ އަތުން ތިން ސެޓުން ބަލިވެ މުބާރާތުން ކަޓައިފި އެވެ.
ފިލިޕީންސްގެ ޕާސިގްގައި މިހާރު ކުރިއަށްދާ އެ މުބާރާތުގެ ޕޫލް (ގްރޫޕް) ސީގެ އެންމެ ފަހު މެޗްގައި ޗައިނީޒް ޓައިޕޭއާ ދެކޮޅަށް ކުޅުނު ފުރަތަމަ ދެ ސެޓުން ރާއްޖެ ބަލިވީ 25 - 8 ގެ ނަތީޖާއަކުންނެވެ. ތިން ވަނަ ސެޓުން ރާއްޖެ ބަލިވީ 25 – 4 ގެ ނަތީޖާއަކުންނެވެ.
ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ޖަޕާނު އަތުން ވެސް ބަލިވީ ސީދާ ތިން ސެޓުންނެވެ.

އޭޝިއަން އަންހެން ވޮލީ ބޯލް 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗްގެ ތެރެއިން --- ފޮޓޯ/ވީއޭއެމް
މިޕޫލުން ދެ ވަނަބުރަށް ދިޔައީ ޗައިނީޒް ޓައިޕޭ އަތުން މޮޅުވެ ޖަޕާނެވެ.
އާދިއްތަ ދުވަހު މި ދެ ޓީމް ކުޅުނު މެޗުން ޖަޕާން މޮޅުވީ، ތިން ސެޓް އެއް ސެޓުންނެވެ.
މުޅިން އަލަށް ބާއްވާ މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމްގެ އަމާޒަކީ ވަރުގަދަ ޓީމްތަކާ ކުޅެ، މެޗްތަކުން ރަނގަޅު ތަޖުރިބާތަކެއް ހޯދުންކަމަށް މިމުބާރާތަށް ފުރުމުގެ ކުރިން ވޮލީބޯލް އެސޯސިއޭޝަންގެ އިސް އޮފިޝަލަކު ސަން އަށް ވިދާޅުވި އެވެ.