ބަހުރައިންގެ ބަޓެލްކޯ އާއި ދިވެހި ސަރުކާރާއި ރައްޔިތުން ހިއްސާވާ މުއާސަލާތީ ކުންފުނި ދިރާގަށް މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި 185 މިލިއަން ރުފިޔާގެ ފައިދާއެއް ވެއްޖެއެވެ.

ދިރާގުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އެކުންފުނިން މިއަހަރުގެ ފުރަތަމަ ކުއާޓާގައި 585 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނުއިރު ޓެކްސްއަށް ކެނޑުމުގެ ކުރިން އާމްދަނީއަށް 218 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 185 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެކުންފުއްޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 184 މިލިއަން ރުފިޔާއެވެ.

މިދިޔަ ކުއާޓާގައި ހިއްސާއަކަށް ފައިދާގެ ގޮތުގައި ވަނީ 2.44 ރުފިޔާ ލިބިފައެވެ.

މިދިޔަ އަހަރު ދިރާގަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 701 މިލިއަން ރުފިޔާ އެވެ. މިއީ 2013 ވަނަ އަހަރު ލިބުނު ސާފު ފައިދާ އަށް ވުރެ 59 މިލިއަން ރުފިޔާ ( ނުވަތަ 9.2 އިއްސައްތަ ) އިތުުރު އަދަދެކެވެ.