Back
Nov 21, 2025 SUN
SUN

ޔަމަންގެ ހޫޘީންނާ ދެކޮޅަށް ކްލަސްޓާ ބޮން ބޭނުންކުރި ކަމުގެ ތުހުމަތަށް ސައޫދީން އިންކާރުކޮށްފި

ޔަމަންގެ ހޫޘީންނާ ދެކޮޅަށް ކްލަސްޓާ ބޮން ބޭނުންކުރި ކަމުގެ ތުހުމަތަށް ސައޫދީން އިންކާރުކޮށްފި
Lead photo

ރިޔާޒް (މޭ 4) : ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ޔަނަމަށް ދެމުންގެންދާ ވައިގެ ޙަމަލާތަކުގައި ހޫޘީ ހަނގުރާމަވެރިންނާ ދެކޮޅަށް ކްލަސްޓާ ބޮން ބޭނުންކޮށްފައިވާ ކަމަށް ހިޔުމަން ރައިޓްސް ވޮޗް ޖަމާއަތުން ކުރި ތުހުމަތުތައް ސައޫދީ ސަރުކާރުން ދޮގުކޮށްފި އެވެ.
މިކަމަށް ރައްދު ދެއްވަމުން ސައޫދީ އަސްކަރީ ތަރްޖަމާން ބްރިގޭޑިޔާ އަހްމަދުލްއުސައިރީ ވިދާޅުވީ ކްލަސްޓަރ ބޮމަކީ ސައޫދީ ސިފައިން ވެސް އަދި ކޯލިޝަންގައި ހިމެނޭ އެހެން ގައުމުތަކުގެ ސިފައިންވެސް ހޫޘީންނާ ދެކޮޅަށް ދީފައިވާ ވައިގެ ޙަމަލާތަކުގައި ބޭނުންކޮށްފައިވާ ހަތިޔާރެއް ނޫންކަމުގަ އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމްއިއްޔާ އެއްކަމަށްވާ ހިޔުމަން ރައިޓްސް ވޮޗް އިން ބުނީ ސައޫދީ މަތިން ދާބޯޓުތަކުން ޔަމަނަށް ބޮން އެޅި ތަންތަނުގެ ތެރޭން ބައެއް ތަންތަނުން ކްލަސްޓަރ ބޮން ފެނިފައިވާ ކަމަށާއި އެބޮމުގެ ޝިކާރައަކަށްވެ ޒަޚަމްވެފައިވާ ހޫޘީ ހަނގުރާމަވެރިންނާއި ޔަމަންގެ އާންމުންގެ އެތައް ބަޔަކު އެގައުމުގެ ހޮސްޕިޓަލްތަކުގައި އެބަތިބި ކަމުގަ އެވެ.

މިފަދަ މީހުން ޒަޚަމްވެފައި ވަނި ކްލަސްޓާ ބޮމުގެ ޙަމަލާތަކުންކަން އެމީހުންނަށް ފަރުވާދޭ ޔަމަންގެ ޑޮކްޓަރުން ކަށަވަރުކޮށްދީފައިވާ ކަމަށާއި ކްލަސްޓާ ބޮމުގައި ހިމެނޭ މާއްދާތައް އެމީހުންގެ ހަށިގަނޑުގެ ތެރެއަށް ވަދެފައިވާކަން ވެސް ޔަމަންގެ ޑޮކްޓަރުން ކަށަވަރުކޮށްދޭކަން ހިޔުމަންރައިޓްސް ވޮޗުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ. ކްލަސްޓާ ބޮމަކީ އޭގެ ގެއްލުން ބޮޑުކަމުން އިންސާނުންނަށް ބޮޑުކަމުން ހަނގުރާމަތަކުގައި ވެސް އަދި އެނޫންހާލަތްތަކުގައި ވެސް އިންސާނުންނާ ދެކޮޅަށް ބޭނުންކުރުން ބައިނަލްއަގްވާމީ ގޮތުން މުޅިން މަނާ ހަތިޔާރެކެވެ. (ރޮއިޓާސް)

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics