03 May 2015, 23:07
ދިވެހި ގިނަ ދަރިވަރުންތަކެއް ތަޢުލީމު ހާސިލު ކުރަމުން ގެންދާ އިންޑިއާގެ މައިސޫރުގައި ޙަރަކާތްތެރިވާ ދިވެހި ދަރިވަރުންގެ ޖަމިއްޔާ، މޯލްޑިވިއަން ސްޓޫޑެންޓްސް އެސޯސިއޭސަން މައިސޫރު (އެމްއެސްއޭއެމް) އިން އިންތިޒާމުކޮށްގެން މިއަހަރު ގްރެޖްވޭޓްވާ ދަރިވަރުންނަށް ޚާއްސަކޮށްގެން ޙަރަކާތްތަކެއް ހިންގައިފި އެވެ.
އެމްއެސްއޭއެމްއިން ބުނީ، 'ވަދާއީ ކަޕް 2015' ގެނަމުގައި މިއަހަރު ގްރެޑުއޭޓްވާ ގިނަ ދަރިންވަރުންނާއި އެހެނިހެން ދަރިވަރުން އެކުލެވޭގޮތަށް ޓީމުތަކަށް ބަހާލައިގެން މުބާރާތެއްގެ ގޮތުގައި ގޮތުގައި ފުޓްބޯޅަ މެޗްތަކެއް ކުޅެފައިވާކަމަށެވެ.
މައިސޫރުގައި މިއަހަރު ގްރަޖްވޭޓްވާ ދިވެހި ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގުނު ޙަރަކާތްތަކުގެ ތެރެއިން --- ފޮޓޯ/ އެމްއެސްއޭއެމް
އެމްއެސްއޭއެމްއަކީ ދަރިވަރުންގެ ޖަމްޢިއްޔާއެއްގެ ގޮތުގައި 2006 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީ ގައި ރަޖިސްޓްރީކޮށްގެން ހިންގާ ޔޫނިއަންއެވެ.