މާބޮޑަށް ފަލަވެ ބަރުދަން އިތުރުވާ ނަމަ ކޮންމެ މީހަކު ވެސް ކަންބޮޑުވެ އެވެ. އަދި ބަރުދަން ލުއިކުރުމަށް ގިނަ މަސައްކަތްތަކެއް ވެސް ކުރެ އެވެ. އެހެންނަމަވެސް ބަރުދަން ލުއިކުރާ ހާސް ޖޫހެއް ބުއިން ހެއްޔެވެ؟ ބަރުދަން ލުއިކުރުމަށް ހާއްސަ ޖޫހެއް ތައްޔާރު ކުރާނެ ގޮތް ކިޔާދޭނަމެވެ.

ބޭނުންވާނެ ތަކެތި

  • އެއް ޖޯޑު ހުންނަހާ ގްރޭޕް ފުރުޓް ނުވަތަ އޮރެންޖް ޖޫސް

  • މޭޒުމަތީ ދެ ސަމުސަލުގެ އެޕަލް ސިޑާ ވިނެގާ
  • މޭޒުމަތީ އެއް ސަމުސާ މާމުއި

ބޭނުންވާނެ ތަކެތި އެއްކޮށްލުމަށް ފަހު ރަނގަޅަށް މިކްސް ކޮށްލާށެވެ. އަދި ކޮންމެ ގަނޑިއަކު ކެއުމުގެ ގަޑިއެއްގެ އިރު ކުރިން ޖޫސްތަށި ބޯލާށެވެ. ބަރުދަން ލުއިވެ ފެޓްސް ވިރުވުމަށް އެހީއަކަށް ވާނެ އެވެ.