05 May 2015, 09:44
ސްޕޭސްގެ އެކި ތަންތަނުގެ މައުލޫމާތު އެއް ކުރަމުން އައި ސްޕޭސް ކްރާފްޓް، "މެސެންޖާ" 10 އަހަރަށް ވުރެ ގިނަ ދުވަހު މައުލޫމާތު އެއްކުރުމަށްފަހު ކައުނުގެ އެންމެ ކުޑަ ޕްލެނެޓް މާކިއުރީގައި ޖެހިި އަމިއްލަ އަށް ހަލާކު ވެއްޖެ އެވެ.
ސްޕޭސްގައި މައުލޫމާތު އެއްކުރުމުގައި 10 އަހަރާއި އަށް މަސް ހޭދަ ކޮށްފައިވާއިރު އޭގެ ފަހު ހަތަރު އަހަރު ހޭދަ ކޮށްފައި ވަނީ މާކިއުރީ ވަށައިން އޯބިޓު ކުރުމަށްފަހު މައުލޫމާތު އެއް ކުރުމުގައެވެ.
އެ ސްޕޭސް ކްރާފްޓް މާކިއުރީގައި ޖެހި ހަލާކު ވެފައިވަނީ 8،700 މައިލްސް ޕާ އަވާގެ ސްޕީޑެއްގަައި ކަމަށް ނޭޝަނަލް އެރޮނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ) އިން ބުންޏެވެ.
ނާސާ އިން ބުނާ ގޮތުގައި އެ ޕްލެނެޓްގައި ޖެހިފައިވަނީ ދިޔާ އަލިފާން ހިކިފައިވާ ހިސާބަކަށް ކަމަށް ލަފާ ކުރާ ކަމަށެވެ. އެ ސްޕޭސް ކްރާފްޓް ޖެހުނު އިމްޕެކްޓްގެ ސަބަބުން 52 ފޫޓުގެ ކްރޭޓަރެއް އުފެދޭނެ ކަމަށް ނާސާ އިން ވަނީ ލަފާ ކޮށްފައެވެ.
ނާސާ އިން ބުނީ، މާކިއުރީގެ މައުލޫމާތު އެއްކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްގައި އުއްމީދު ކުރި ވަރަށްވުރެ ފޮނި ނަތީޖާއެއް ލިބިފައިވާ ކަމަށެވެ. އެގޮތުން އެ ޕްލެނެޓް ވަށައިން މައުލޫމާތު އެއް ކުރުމަށް އުންމީދުކޮށްފައި ވަނީ އަހަރެއް ކަމުގައި ވި ނަމަވެސް މެސެންޖާ ވަނީ އެ މަސައްކަތް ހަތަރު އަހަރު ވަންދެއް ކުރިއަށް ގެންގޮސްފައެވެ. އެ ހަތަރު އަހަރުގެ ތެރޭގައި މެސެންޖާ އިން ވަނީ މާކިއުރީ އާ ގުޅޭ 277،000 ފޮޓޯ ނަގާފައެވެ.
މިދިޔަ ބުާސްފަތި ދުވަހު ހަލާކު ވެފައިވާ އެ ސްޕޭސް ކްރާފްޓް އެންމެ ފުރަތަަމަ ލޯންޗް ކޮށްފައިވަނީ 2004 ވަނަ އަހަރުގައެވެ.
MESSENGER by the numbers.pic.twitter.com/7BsMMs0z6v
— MESSENGER (@MESSENGER2011)April 30, 2015