25 Feb 2011, 11:06
ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީގައި ރޭ ކަތިވަޅިން ހަމަލާދީ ޒަހަމުކޮށްލި ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ސަން އަށް ކަށަވަރުއްޖެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި، އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ 21 އަހަރުގެ އެ ޒުވާނާގެ ކަންފަތާވީ ދިމާލުން ބޮލުގެ ނާށިގަނޑު ވަނީ ވަރަށް ބޮޑަށް ކަފައިގެން ގޮސްފަ އެވެ. ނަމަވެސް، މިހާރު އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ރޭ 9:00 ޖަހާއެހާކަންހާއިރު ދިން އެ ހަމަލާއާ ގުޅިގެން ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުންގެ އޮފިޝަލަކު ރޭ ވިދާޅުވީ، އެ ދެ މީހުން ހައްޔަރުކުރީ ވަޅީގެ ހަމަލާދިންތާ މާގިނަ އިރެއް ނުވަނީސް ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ 18 އަހަރުން ދަށުގެ ދެ ކުދިންނެވެ.
އަދި އެ މީހާ އަށް ހަމަލާދީފައި ވަނީ ކަތިވަޅި އަކުން ކަމަށް ސަން އަށް ވަނީ މަޢުލޫމާތު ލިބިފަ އެވެ.