02 May 2015, 16:40
އޭޓީޕީ ވޯލްޑް ޓްއާ ޓެނިސް މުބާރާތުގެ ކްއާޓާ ފައިނަލްގައި ސްޕެއިންގެ ޑެނިލް ހިމޭނޯ ޓްރަވޭރް ދެސެޓް އެއްސެޓުން ބަލިކުރުމަށްފަހު ސްވިޒަލޭންޑްގެ ރޮޖާސް ފެޑްރާ ސެމީފައިލަށް ދަތުރުކޮށްފި އެވެ.
ތުރުކީގެ އިސްތަންބޫލްގައި އިއްޔަ ކުޅުނު މި މެޗްގައި ފުރަތަމަ ސެޓް 7-6 ގެ ނަތީޖާއަކުން ކާމިޔާބު ކުރިއިރު ދެވަނަ ސެޓް ހިމޭނޯ ކާމިޔާބުކުރީ 7-6 ގެ ނަތީޖާއަކުނެވެ. މެޗުން މޮޅުވި ފެޑްރާ 6-3 ގެ ނާތީޖާއަކުންންނެވެ.
ސެމީ ފައިނަލްގައި ފެޑްރާ ބައްދަލު ކުރަންޖެހޭނީ އާޖެންޓީނާގެ ޑިއޭގޯ ޝްވަޓްސްމަންއާ ދެކޮޅަށެވެ.
ޝްވަޓްސްމަން ފައިނަލަށް ދަތުރުކުރީ ކޮލަމްބިއާގެ ސެންތިއާގޯ ޖިރޯލްޑޯ ބަލިކުރުމަށްފަހު އެވެ. ޖިރާލްޑޯ ފުރަތަމަ ސެޓް 6-0 ގެ ނަތީޖާއަކުން ކާމިޔާބުކުރިއިރު އަނެއް ދެ ސެޓުވެސް ޝްވަޓްސްމަން ކާމިޔާބުކުރީ 6-2 ގެ ނަތިޖާއަކުންނެވެ.
ދެ ވަނަ ސެމީ ފައިނަލް މެޗްގައި ވާދަކުރުމަށް ހަމަޖެހިފައި ވަނީ ބަލްގޭރިއާގެ ގްރިގޯ ޑިމްޓްރޯވްއާ އުރުގުއޭގެ ޕަބެލޯ ކްއޭވަސްއެވެ.
ޑިމްޓްރޯވް ފައިނަލަށް ދަތުރުކުރީ ކްއާޓާ ފައިނަލްގައި ކޮރޭޝިއާގެ އައިވަން ޑޯޑެގް 6-4 އަދި 6-3 ން ބަލިކުރުމަށްފަހުގަ އެވެ.
ކްއޭވަސް ފައިނަލަށް ދަތުރުކުރި ތޯމަސް ބާލިއްޗީ 7-5 އަދި 6-3 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގައެވެ.
ސެމީފައިނަލް މެޗްތައް މިއަދު އޮންނާނެއެވެ.
އިސްތަންބޫލުގައި ކުރިއަށްގެންދާ އޭޓީޕީ ވޯލްޑް ޓްއާ މިސީރީޒްއަކީ އިސްތަންބޫލް އޯޕަންގެ ނަމުގައި ކުރިއަށް ގެންދާ މުބާރާތެކެވެ. މިއީ ތުރުކީގައި އޭޓީޕީ ސީރީޒްގެ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ.