02 May 2015, 15:35
އިދިކޮޅު ފަރާތްތަކުން މާލޭގައި ރޭ ކުރި މުޒާހަރާގެ ތެރެއިން ފުލުހަކަށް އަނިޔާކުރި މީހުން ހޯދަން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ އެކަކު އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ރޭގެ މުޒާހަރާގައި ފުލުހަކަށް ހަމަލަދިން ކަމުގެ ތުހުމަތުގައި އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ އެކަކު، މިއަދުގެ ހައްޔަރު ކޮށްފައިވާ ކަމަށެވެ. ހައްޔަރު ކޮށްފައިވަނީ 35 އަހަރުގެ މީހެކެވެ.
އެހެން ނަމަވެސް ހައްޔަރު ކުރި މީހާއާ ގުޅޭ ގުޅޭއިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
އަނިޔާވެރިކަން ނިންމަން" މިނަމުހައި ރޭ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މުޒާހަރާގައި އަނިޔާވި ދެ ފުލުހަކަށް އިތުރު ފަރުވާ ދިނުމަށް ވަނީ ރޭ ސްރީލަންކާއަށް ފުރުވާލާފަ އެވެ.
ފުލުހަކަށް އަނިޔާކުރި މީހުން ހޯދަން އާންމުކޮށްފައިވާ ވީޑިއޯ އިން ފެންނަ ގޮތުން މުޒާހަރާގެ ތެރެއިން ފުލުހެއް ދުވެފައި ދަނިކޮށް މީހަކު ގޮސް އެ ފުލުސް މީހާގެ ފައިގައި ޖަހައި ބިންމައްޗަށް ވައްޓާލަ އެވެ. އެވަގުތު މުޒާހަރާގެ ބައެއް ބައިވެރިން ގޮސް ފުލުސް މީހާ އަތުން މުގުރުބުރި އަތުލައި ފުލުސް މީހާގެ ގައިގައި މުގުރުބުރިންނާއި ފައިން ތަޅައި މާރާމާރީ ހިންގާ މަންޒަރު އެ ވީޑިއޯ އިން ފެނެއެވެ.