ހޯޒޭ މޮރީނިއޯ އާއި ޕެޕް ގާޑިއޯލާއަކީ ތަފާތު ސްޓައިލްގެ ދެ ކޯޗުން ކަމަށާއި ނަމަވެސް އެއީ ދެ ލީޑަރުން ކަމަށް ބަޔާންމިޔުނިކްގެ މިޑްފީލްޑާ ޜާބީ އޮލޮންސޯ ބުނެފި އެވެ.

މޮރީނިއޯ އިރުޝާދުގެ ދަށުން ރެއާލް މެޑްރިޑަށް ކުޅެފައިވާ އަދި މިހާރު ގާޑިއޯލާގެ އިރުޝާދުގެ ދަށުން ބަޔާންއަށް ކުޅެފައިވާ އޮލޮންސޯ ބުނީ ދެ ކޯޗުންގެ ކިބައިގައި މަސައްކަތް ކުރުމުގައި އަމިއްލަ ގޮތްތަކެއް ގެންގުޅޭ ކަމަށާއި އެ ދެ ކޯޗުންނާއެކު މަސައްކަތް ކުރަން ފުރުސަތު ލިބުމު އެކަމާ ފަޚްރުވެރިވާ ކަމަށެވެ.

އޮލޮންސޯއާއި ގާޑިއޯލާއާއެކު --- ފޮޓޯ/ އާކައިވް ޑޮޓްކޮމް

"ދެ ކޯޗުންނަކީވެސް ވަރަށް ތަފާތު ދެ ކޯޗުން. ދެ މީހުންވެސް މަސައްކަތް ކުރުމުގައި އަމިއްލަ ގޮތްތަކެއް އަދި އަމިއްލަ ސްޓައިލެއް ގެންގުޅޭ. އެ ދެ ކޯޗުންނާއެކު މަސައްކަތްކުރުމަކީ އަހަންނަށް ލިބުނު ވަރަށް ބޮޑު ނަސީބެއް،" އޮލޮންސޯ ބުންޏެވެ.

ބުދަ ދުވަހު ބާސެލޯނާއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ ސެމީފައިނަލް މެޗާ ބެހޭގޮތުން އޮލޮންސޯ ބުނީ ބަޔާންގެ ކުޅުމުގެ ފިލޯސަފީ މިހާރުވެސް ވަނީ ކަނޑައެޅިފައިކަމަށާއި އޭނާއަށްވެސް އޮތީ އެމެޗްގައި ރަނގަޅު ކުޅުމެއް ދެއްކުންކަމަށެވެ.

އޮލޮންސޯއާއި މޮރީނިއޯއެކު --- ފޮޓޯ/ މާސާ

ފައިނަލްގައި ރެއާލްއާ ދެކޮޅަށް ނިކުންނަންޖެހިއްޖެނަމަ އެކަންވާނީ އޭނާއަށް އިމޯޝަނަލްކަމަކަށް ވާނެ ކަމަށާއި ނަމަވެސް ބަޔާން މޮޅުވުމަށް އުންމީދުކުރާ ކަމަށެވެ.