02 May 2015, 03:01
އިދިކޮޅު ފަރާތްތަކުން މާލޭގައި މިއަދު ކުރި މުޒާހަރާއާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލީ ވަހީދު ހައްޔަރުކޮށްފައި ވަނީ މިރޭ 3:00 އެހާކަންހާއިރު ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅުއްވާ ގޭގައި ހުންނަވަނިކޮށް ކަމަށެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައަކީ ތަހުގީގު ކުރިއަށްދާ މައްސައަކަށްވާތީ އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލް އަދި ހާމަކުރެވެން ނެތް ކަމަށެވެ.
އަލީ ވަހީދަކީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
މިއަދުގެ މުޒާހަރާ އަކީ ސުލްހަވެރި މުޒާހަރާއެއް ނޫން ކަމަށާއި އެ މުޒާހަރާ އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނަންޖެހޭ ކަމަށް ސަރުކާރުގެ އިސްބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ.