01 May 2015, 23:00
އޭޝިއަން އަންހެން ވޮލީ ބޯލް 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗްގައި ޖަޕާން އަތުން ތިން ސެޓުން ރާއްޖެ ބަލިވެއްޖެއެވެ.
ފިލިޕީންސްގެ ޕާސިގް މިހާރު ކުރިއަށްދާ މުބާރާތުގައި ފުރަތަމަ ސެޓް ޖަޕާން ކާމިޔާބުކުރީ 25-4 ންނެވެ. ދެވަނަ ސެޓު ޖަޕާން ކާމިޔާބު ކުރީ 25-11 އިންނެވެ. އަދި ތިން ވަނަ ސެޓް ކާމިޔާބުކުރީ 25-3 ންނެވެ.

މިއަދު ރާއްޖެ ޖަޕާނާ ދެކޮޅަށް ކުޅުނު މެޗްގެ ތެރެއިން --- ފޮޓޯ/ވީއޭއެމް
މިޕޫލް (ގުރޫޕް) ގައި ދެން ހިމެނޭ އަނެއް ޓީމުކަމުގައިވާ ޗައިނީޒް ޓައިޕޭ އާ ޖަޕާން ބައްދަލުކުރާ މެޗް މާދަމާ އޮންނާނެއެވެ.
ރާއްޖެ ކުޅޭ ދެވަނަ މެޗް ޗައިނީޒް ޓައިޕޭއާ ދެކޮޅަށް ނިކުންނާނީ އާދީއްތަ ދުވަހު އެވެ.
މިމުބާރަތުގައި މުޅިން އަލަށް ބާއްވާ އެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމްގެ އަމާޒަކީ ވަރުގަދަ ޓީމްތަކާ ކުޅެން ޖެހޭތީ މެޗްތަކުން ރަނގަޅު ކުޅުމެއް ދައްކައި ތަޖުރިބާތަކެއް ހޯދުންކަމަށް ވޮލީބޯލް އެސޯސިއޭޝަންގެ އިސް އޮފިޝަލެއް ސަން ވިދާޅުވިއެވެ.