24 Feb 2011, 23:38
1:29- އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރު ގްރޭޑް ދޭއް އަބުދުﷲ ސައީދު ވިދާޅުވީ އަލިފާން ގަނޑު އަދިވެސް ނިއްވާލެވިފައިނުވާ ކަމަށާއި އަދި މިހާރު އެއަތޮޅު ކައްދޫ ގައި ތިބޭ ސިފައިން އަލިފާން ނިއްވުމަށް ފޮނުވާ ކަމަށެވެ. އަދި އަލިފާން ރޯވެފައި ވަނީ ވަރަށް ވާ ބޯ ޖަންގައްޔެގައި ކަމަށް ވާތީ އެސަރަހައްދާ ކައިރި ވާން ވެސް ވަރަށް އުނދަނގޫ ކަމަށެވެ.
23:39- ލ. އިސްދޫ، ކަލައިދޫ އަވަށުގެ މީހުން އާބާދު ކުރާ ސަރަހައްދުގައި އަލިފާން ރޯވެ އަދަމުން އެބަދެ އެވެ.
ފުލުހުން ބުނީ މިރޭ 10:50 ހާއިރު އަލަށް އާބާދު ކުރާ ސަރަހައްދުގެ ވަލު ތެރޭގައި އަލިފާން ރޯވެފައިވާ ކަމުގެ މަޢުލޫމާތު ލިބިގެން އަލިފާން ނިންވުމުގެ މަސައްކަތް ކުރަމުންނެވެ.
ކަލައިދޫން ވާހަކަ ދެއްކި މީހަކު ބުނީ އަލިފާންގަނޑު އެހިސާބުގަނޑުގެ ބޯ ޖަންގަލީގައި ހިފައި ބާރަށް އަނދަމުންދާ ކަމަށެވެ.
"އެހިސާބުގައި މީހުން އުޅޭ އެއްވެސް ގެއެއް އަދި ނުހުރޭ، އެކަމަކު އަލިފާން ނިއްވޭތޯ މަސައްކަތް ކުރަމުން އެބަދޭ،" އޭނާ ބުންޏެވެ. "އަނދަމުންދާ ސަރަހައްދާ ވަރަށް ކައިރީގައި އޮންނާނެ ދަނޑު ބިންތައްވެސް އެކަމަކު އެހިސާބަކަށް އަދި އަލިފާންގަނޑެއް ނުފޯރާ،"
(ތަފުސީލު އަންނަނީ)