މިހާރު ކުރިއަށް ދަނީ ސުލްހަވެރި މުޒާހަރާއެއް ނޫންކަމަށާއި ދެން ފުލުހުން މަސައްކަތް ކުރާނީ ޒީރޯ ޓޮލަރެންސްގައި ކަމަށްސްޕްރިންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވެއްޖެ އެވެ.

ޕޮލިސް ހެޑްކުއާޓާޒް ކުރިމަތީގައި މިރޭ ދެއްވި ޕްރެސްކޮންފަރެންސްގައި ނަވާޒް ވިދާޅުވީ ގައުމުގައި ހަމަނުޖެހުން ހިންގުމުގެ ފުރުސަތެއް ދެން ނުދެއްވާނެ ކަަމަށެވެ.

މިރޭ މުޒާހަރާ ކުރުމަށް އެއްވެސް ހިސާބެއްގައި އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް ވެސް ނަވާޒު ވިދާޅުވިއެވެ.

މުޒާހަރާ ތެރޭ އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކުން ފައިސާދީގެން ޕިކަޕެއް ބާރު ސްޕީޑުގައި ދުއްވާފައި ގޮސް ފުލުހުންގެ ގައިގައި ޖައްސާފައިވާ ކަމަށާއި އެ ޕިކަޕްގެ ޑްރައިވަރު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަވާޒު ވިދާޅުވީ އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ މީހުން ހޯދާނެ ކަމަށާއި މިއަދުގެ މުޒާހަރާގެ ޒިންމާ ނަގާނެ ކަަމަށް ވިދާޅުވެފައިވާ ފަރާތުގެ މައްސަލަ ފުލުހުން ބަލާނެ ކަމަށެވެ. މިއަދު ބޭއްވި މުޒާހަރާގެ ޒިންމާ ނަންގަވާނެ ކަމަށް އަދާލަތު ޕާޓީން ވަނީ ކުރިން ބުނެފައެވެ.

ފުލުހުން މިހާރު މަސައްކަތް ކުރަނީ އިތުރަށް މުޒާހަރާ ހަލަބޮލިވިޔަ ނުދިނުމަށް ކަމަށާއި ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކާ މީހުން ހައްޔަރުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަމަނުޖެހުމަށް އެއްވެސް ވަރަކަށް އެއްބާރުލުން ނުދިނުމަށް ފުލުހުން އިލްތިމާސް ވަނީ އިސްތިމާސްކޮށްފަ އެވެ.