01 May 2015, 20:43
މިއަދު ހިންގި އޮޕަރޭޝަނެއްގައި އަފްޣާނިސްތާން ސިފައިން އެގައުމުގައި ހަރަކާތްތެރިވާ ތާލިބާނުންނަށް ނިސްބަތްވާ 33 މީހަކު މަރާލައިފިއެވެ.
މިއަދު ކޯސްޓް ޕްރޮވިންސްގައި އަފްޣާނިސްތާންގެ ސިފައިންނާ ތާލިބާނުންނާ ދެމެދު ހިނގި ކުރިމަތިލުންތަކާ ބެހޭގޮތުން އެ ޕްރޮވިންސް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ 25 ތާލިބާނުން މަރާލާފައިވާއިރު، އެ ހަމަލާތަކުގައި ފަސް މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އަދި އަފްޣާން ސިފައިންގެ ދެމީހަކު މަރުވެ، ފަސް މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އެޕްރޮވިންސްގެ ސިފައިންގެ އިސް އޮފިޝަލަކާ ހަވާލާދީ މަޝްހޫރު ނިއުސް އެޖެންސީ 'އަނަޑަލޫ'އިން ބުނީ ސިފައިން ތާލިބާނުންގެ މީހުންނަށް ހަމަލާދިނީ ލެގަމަންގެ އަލިންގާ ޑިސްޓްރިކްޓް ޕްރޮވިންސްގެ ވެރިރަށް މެހްތަލަމްއާ ދެމެދު ހުންނަ ބައެއް އަސްކަރީ ކޭމްޕްތަކަށް ތާލިބާނުން ހަމަލާ ދީފައިވާތީ ކަމަށެވެ.
އެބަޔާނުގައި ބުނެފައިވަނީ ތާލިބާނުންގެ 250 ހަނގުރާމަވެރިން ކޯސްޓް ޕްރޮވިންސްގެ ބައެއް ފުލުހުންގެ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށެވެ.
"މިހަމަލާތައް އެއްގަޑިއިރަށް ދިގު ދެމިގެން ދިޔަ. އެވަގުތުގައި ސިފައިންގެ އިތުރު ފޯސްއެއް އެހީތެރިވުމަށް ވާނީ ފޮނުވާފަ. ތާލިބާނުންގެ ތެރެއިން މަރުވި އެންމެންގެ ހަށިތައް އަދި ނުފެނޭ،" ޕްރޮވިންސް އޮފީހުގެ ތަރުޖަމާން ސަރުހަދައި ޒާވެކް ވިދާޅުވިއެވެ.